އަރަބިދުނިޔެދީންދުނިޔެ

ޢީދުގެ މުނާސަބަތުގައި މުޅި އިންސާނިއްޔަތު އެއްބައިވަންތަވެ ﷲ އަށް ބިރުވެތިވުމަށް އަޒްހަރުން ގޮވާލައްވައިފި

Eid ge Munaasabathuga Mulhi Insaaniyyathu Ehbaivanthave Allah ah Biruvethivumah Azharun Govaalavvaifi

ޢީދުގެ މުނާސަބަތުގައި މުޅި އިންސާނިއްޔަތު އެއްބައިވަންތަވެ ﷲ އަށް ބިރުވެތިވުމަށް އަޒްހަރުން ގޮވާލައްވައިފިއެވެ.

މި ފިޠުރު ޢިދާއި ގުޅިގެން އަލްއަޒްހަރު އައްޝަރީފުގެ ރަސްމީ ސޯޝަލް މީޑިޔާ ޕޭޖުގައި ލިޔުއްވާފައިވާ ގޮތުގައި އިސްލާމްދީން ވަނީ ޢީދު ދުވަހަށް ޚާއްޞަ ޞިފައެއް ދެއްވާފައެވެ. އަދި އިންސާނާއަށް އަޅުކަމުގެ މޫސުމަށްފަހު ރާޙަތަކަށް ބޭނުންވާނޭއެވެ. އެހެނަސް މިވަޤުތު މުޖްތަމަޢުގެ އަފްރާދުން އެއްބަޔަކު އަނެއްބަޔަކަށް އަދާ ކުރާން ޖެހޭ އިޖްތިމާޢީ ވާޖިބުތަކެއް ވާކަމަށާއި، އެއީ ބޭނުންޖެހިފައިވާ ޢާއިލާތަކުގެ ޙާލު އަޙުވާލު އޮޅުންފިލުވުން ކަމަށާއި، މުޖްތަމަޢުގެ ޞަފުތައް ހަމަހަމަވެ، އެއްބައިވަންތަކަން އުފެދޭނީ އޭރުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި އިތުރަށް ވިދާޅުވެފައި ވާގޮތުގައި (ޢާއްމުކޮށް ހުރިހާ ވަގުތަކު) އަދި ޚާއްޞަކޮށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް އަޒްހަރުއް ޝަރީފުން ގޮވާލަނީ، ފަޤީރުންނާއި، ޙާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާންކޮށް، އެފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށެވެ.

"އަލްއަޒްހަރުން މުޅި އިންސާނިއްޔަތަށް ގޮވާލަނީ އިންސާނިއްޔަތަށް ކުރިމަތިވެފައި މިވާ މުޞީބާތުން މިންޖުކުރައްވާތޯ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ، އެއްބައިވެ، ﷲ ތަޢާލާއަށް ބިރުވެތިވެ ކުއްތަންވުން" އެބޭފުޅުން ލިޔުއްވާފައިވެއެވެ.

ޝައިޚުލް އަޒްހަރު އައްދުކްތޫރު އަޙްމަދު ޠައްޔިބާއި އަލްއަޒްހަރުއް ޝަރީފުން ވަނީ މިއަދު ޢަރަބި އަދި އިސްލާމީ އުއްމަތަށް ޢީދުގެ ތަހުނިޔާ އަރިސްކުރައްވާ، މިޞްރަށާއި، ޢަރަބި އަދި އިސްލާމީ އުއްމަތަށް އަމަން އަމާންކަން މިންވަރު ކުރައްވާތޯ ދުޢާ ކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *