ދުނިޔެ މިޞްރުގެ މުފްތީ އިސްލާމީ އުއްމަތަށް ޢީދުގެ ތަހުނިޔާ ކިޔުއްވައިފި

މިޞްރުގެ މުފްތީ އިސްލާމީ އުއްމަތަށް ޢީދުގެ ތަހުނިޔާ ކިޔުއްވައިފި

Misruge Mufti Islaamee Ummathah Eid ge Thahuniya Kiyuhvaifi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ މުފްތީ އިސްލާމީ އުއްމަތަށް ޢީދުގެ ތަހުނިޔާ ކިޔުއްވައިފިއެވެ.

މިޞްރުގެ އިސް މުފްތީ، އައްދުކްތޫރު ޝައުޤީ ޢައްލާމް އިސްލާމީ އުއްމަތަށް މުޚާޠަބު ކުރައްވާ ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންނާއި ބައްދަލުކޮށް ނިމިފައިވަނީ ވަރަށް މާތް މައްސަރެއްކެވެ. އެއަށްފަހު، ރަމަޟާން މަހު އެންމެހާ މުސްލިމުންގެ ރޯދައާއި، ރޭއަޅުކަމާއި، އިސްވެ ގޮސްފައިވާ ޢަމަލުތަކާއި ޤަބޫލު ކުރައްވާތޯއާއި، އަޅަމެންގެ ކިބައިން ފަރުވާ ކުޑަވެފައިވާ ކަންކަމަށް ފާފަފުއްސަވާތޯ ދުޢާކުރެއްވިއެވެ.

ޝައިޚު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޢީދު ދުވަހަކީ އޭގެ އަގު މަތިވެރިވެގެންވާ މުނާސަބާތެއްކަމަށާއި، މިއީ މުއުމިނުންނަށް ލިބިފައިވާ ހަދިޔާއެއް ކަމަށެވެ. އަދި ޢީދު ދުވަހު އަޅުގަނޑުމެން ކުރާ ޢަމަލުތައް ޤަބޫލުކުރައްވާތޯވެސް ދުޢާކުރެއްވިއެވެ.

މިޞްރުގެ ކުރީގެ މުފްތީ، އައްދުކްތޫރު ޢަލީ ޖުމްޢާވެސް ވަނީ އިސްލާމީ އުއްމަތަށް ތަހުނިޔާ ވިދާޅުވެ، މުޅި އިސްލާމީ އުއްމަތަށް މިއަހަރު ހެޔޮކަމާއި، ފުދުންތެރިމާއި، ތައުފީޤު ދެއްވާތޯ ދުޢާކުރައްވާފައެވެ.

ޓެގް

މިޞްރުގެ މުފްތީ، ޝައުޤީ ޢައްލާމް ދިއިސްލާމް ދީން މިސްރު އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.