ދުނިޔެ ގޭގައި ޢީދު ނަމާދު ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

ގޭގައި ޢީދު ނަމާދު ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

ގޭގައި ޢީދު ނަމާދު ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުސްލިމުން ގޭގައި ޢީދު ނަމާދު ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މުފްތީ ގޮވާލައްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ހައިއަތު ކިބާރިލް ޢުލަމާ އާއި ޑިޕާރޓްމަންޓު އޮފް ސައިންޓިފިކް ރީސާޗް އެންޑް އިފްތާގެ އިސް މުފްތީ ފަޟީލަތުއްޝައިޚު ޢަބްދުލް ޢަޒީޒް އާލްޝައިޚު ވިދާޅުވާ ގޮތުގައި، މިހާރު އުއްމަތަށް ކުރިމަތިވެފައިމިވާ ޙާލަތްފަދަ ޚާއްޞަ ޙާލަތްތަކުގައި ޢީދު ނަމާދު ގޭގައި ކުރުމަކީ ހުއްދަ ކަމެކެވެ. އަދި ގޭޣައި ޢީދު ނަމާދު ކުރާނީ، ޢާއްމު ޙާލަތްތަކުގައިވެސް ޢީދު ނަމާދު ކުރާ ފަދައިންނެވެ.

ހަމަ މިފަދައިން ހައިއަތު ކިބާރިލް ޢުލަމާގެ މެންބަރެއްކަމަށްވާ އައްޝައިޚު އައްދުކްތޫރު ޢަބްދުއްސަލާމް ބިން ޢަބްދު ﷲ ބިން މުޙާއްމަދު އައްސުލައިމާން ވިދާޅުވާގޮތުގައި (މިޙާލަތުގައި) ޢީދު ނަމާދު ޖަމާޢަތުގައިވެސް އަދި އެކަހެރިކޮށް ފަރުދީކޮށްވެސް ކުރެވޭނެއެވެ. ދުކްތޫރު ޢީދު ނަމާދު ކުރާނޭ ގޮތް ކިޔައިދެއްވަމުން ވިދާޅުވާ ގޮތުގައި ފުރަތަމަ ރަކްޢަތުގެ ތަކުބީރުތަކަށްފަހު ފާތިޙާ ސޫރަތާއި ޤާފު ސޫރަތް ކިޔަވާނީއެވެ. އަދި ދެވަނަ ރަކްޢަތުގައި ތަކުބީރުތަކަށްފަހު ފާތިޙާ ސޫރަތާއި ޤަމަރު ސޫރަތް ކިޔަވާނީއެވެ. އަދި ޤާފު ސޫރަތާއި ޤަމަރު ސޫރަތުގެ ބަދަލުގައި އަޢުލާ ސޫރަތާއި ޣާޝިޔާ ސޫރަތް ކިޔެވުންވެސް ރަގަޅުކަމަށް ދުކްތޫރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ފިޠުރު ޢީދުގެ މުނާސަބަތުގައި ކިޔޭ ތަކުބީރު ޢީދު ވިލޭރެިން ފެށިގެން ޢީދު ނަމާދާއި ޖެހެންދެން ކުރިއަށް ގެންދިޔުންވާކަމަށްވެސް ދުކްތޫރު ޢަބްދުއްސަލާމް ވިދާޅުވެފައިވެއެވެ.

ޓެގް

ދިއިސްލާމް ދީން އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.