'ޒަކާތަކީ މުސްލިމުން ގެ މުދަލުގެ ތެރެއިން ނަގައިގެން އަދާ ކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ. ޒަކާތަކީ އިސްލާމް ކަމުގެ ރުކުންތަކުގެ 03 ވަނަ ރުކުނެވެ. ޤުރުޢާނާއި ސުންނަތުން އަދި ދަންނަ ބޭކަލުންގެ އިޖްމާޢުންވެސް ޒަކާތަކީ ޘާބިތުވެގެންވާ އަޅުކަމެކެވެ. ޒަކާތް ފަރުޟު ކުރައްވާފައިވަނީ ހިޖުރައިން 2 ވަނަ އަހަރު ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައެވެ.
ކޯވިޑް-19 އާ ގުޅިގެން ގްރޭޓަރ މާލެ ރީޖަންގެ ފުރަބަންދުގެ ޙާލަތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ގޮވާމުންނާއި ނަގުދު ފައިސާއިން ޒަކާތް ބަލައި ނުގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުންނެވެ. ފިޠުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުގެ އިރު އޮއްސި 6 ޖެހުމާއި ހަމަޔަށެވެ.
"ފިތުރު ޒަކާތް އިރާދަކުރެއްވިއްޔާ ފަގީރުންގެ ލިސްޓުގައި ހުންނާނެ ލިބިފައި އެ ބޭފުޅުންގެ އެކައުންޓު ނަމްބަރާ އެއްޗެހި. އެހެންވީމަ އެ ބޭފުޅުންގެ އެކައުންޓަށް އެ ބޭފުޅުންގެ ޒަކާތުގެ ހައްގުވާ މިންވަރު ހަވާލު ކުރާނީ،" ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ފިޠުރު ޒަކާތް ދައްކަންޖެހޭ އަގުތައް
- އާދައިގެ ހަނޑުލުން ނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުން ނަމަ 48 ރުފިޔާ
- ބާސްމަތީ ހަނޑުލުން ނަމަ 105 ރުފިޔާ
- ރަތް ހަނޑުލުން ނަމަ 65 ރުފިޔާ
- އާދައިގެ ފުށުން ނަމަ 12 ރުފިޔާ
- އާޓާ ފުށުން ނަމަ 55 ރުފިޔާ
މިދުވަސްވަރު ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޖަމާއަތުގައި ނަމާދުކުރުމާއި އީދުނަމާދު ޖަމާއަތުގައި ކުރުންވެސް މިވަނީ ހުއްޓާލަން ޖެހިފައެވެ. މިދަތި އުނދަގޫ ދުވަސްވަރުގައި ޒަކާތް ދެއްކުންވެސް މިވަނީ އޮންލައިންކޮންނެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި އޮންލައިންކޮށް ޒަކާތް ދެއްކޭނެ ފާލަންތައް ހިއްސާކޮށްލާނަމެވެ.
ބީއެމްއެލް، އޫރިދޫ، އެމްއައިބީ އަދި ދިރާގު މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތުގެ ތަފްޞީލް:
1. އޫރިދޫ މެދުވެރިކޮށް އެސްއެމްއެސް ގެ ޒަރީއާއިން ޒަކާތް ދައްކާނެ ގޮތުގެ ތަފްޞީލް
2. އޫރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދައްކާނެެ ގޮތުގެ ތަފްޞީލް
3. މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތުގެ ތަފްޞީލް
4. ދިރާގު މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތުގެ ތަފްޞީލް
5. އޮންލައިންކޮށް ބީއެމްއެމްއެލް މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތުގެ ތަފްޞީލް
ޒަކާތް ބަހާނީ ކިހިނެތް؟
- ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ޙައްޤުވެރިންގެ ބޭންކު އެކައުންޓުތަކަށް ފައިސާ ޓްރާންސްފަރ ކޮށްގެން.
- 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 1440 ވަނަ އަހަރުވެސް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ވަކިވުމަށް ހުށަހެޅުން:
- ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ދަފްތަރު އަލުން އެކުލަވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން މިހާރުވަނީ ފަސްކުރެވިފައި.
އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ޒަކާތް ދެއްކުމަށް އަސްވެގަންނާށެވެ. ފަހު ވަގުތަށް މަޑުނުކުރައްވާ އަވަސްކުރައްވާށެވެ.
ޚިޔާލު