އަރަބިދުނިޔެދީންދުނިޔެ

ކޮރޯނާގެ ޙާލަތުން ގޮވާލަނީ ވިސްނާ ފިކުރުކުރުމަށާއި ޢަމަލުތަކަށް އަލުން ނަޡަރު ހިންގާލުމަށް: ޝައިޚުލް އަޒްހަރު

ކޮރޯނާގެ ޙާލަތުން ގޮވާލަނީ ވިސްނާ ފިކުރުކޮށް އަޅުގަނޑުމެންގެ ޢަމަލުތައް އަލުން މުރާޖަޢާ ކުރުމަށްކަމަށް ޝައިޚުލް އަޒްހަރު ފަޟީލަތުއްޝައިޚު އައްދުކްތޫރު އަހްމަދު ޠައްޔިބު ވިދާޅުވެއްޖެއެވެ. ޝައިޚުލް އަޒްހަރު މިހެން ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކު ޝައިޚާއި އެކު ބޭއްވޭ ޕްރޮގްރާމެއް ކަމަށްވާ އަލް އިމާމުއް ޠައްޔިބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުކްތޫރު އަޙްމަދު ޠައްޔިބު ވިދާޅުވާ ގޮތުގައި ގިނަ ބައެއްގެ ތެރޭގައި ހީކުރެވޭ ފަދައިން ކޮރޯނާގެ ވަބާއާއި އެފަދަ އެހެން ވަބާތަކަކީ ﷲ ގެ ޙަޟްރަތުން އަންނަ ކޯފާއެއްނޫނެވެ. އެހެނަސް އެއީ، އެހެނިހެން ޤުދުރަތީ ކާރިސާތައް ފަދައިން ﷲ ގެ އާޔަތްތަކުގެ އާޔަތެކޭ ބުނެވިދާނެއެވެ. އެއީ މިކައުނާއި މިކައުނުގައި ވާހާ އެއްޗަކީ ﷲ ތަޢާލާގެ އާޔަތަކަށް ވާފަދައިންނެވެ. އަދި މިކަން (ކޮރޯނާ) އަޅުގަނޑުމެންނަށް ގޮވާލަނީ ވިސްނާ ފިކުރުމުރުމަށާއި، އަޅުގަނޑުމެންގެ ޢަމަލުތަކާއި އެހެނިހެން ކަންކަމަށާއި، އަޅުގަނޑުމެންނާއި ﷲ އާއި ދެމެދުވާ ގުޅުމާއި، އަޅުގަނޑޫމެންނާއި އެހެނިހެން ފަރާތްތަކާއި މެދުވާ ގުޅުމަށް އަލުން ނަޡަރު ހިންގާލުމަށެވެ.

މީގެ އިތުރުން ދުކްތޫރު އަޙްމަދު ޠައްޔިބު ވިދާޅުވާ ގޮތުގައި މިއަހަރު ރަމަޟާން މަސް އައިސްފައި މިވަނީ އެހެން އަހަރުތަކާއި ޚިލާފަށް، ވަރަށް ދަތި އުނދަގޫ ބިރުވެރި ދަނޑިވަޅެއްގައެވެ. މިދުވަސްވަރު މުޅިން އާ ވައުރަހެއްކަމުގައިވާ ކޮރޯނާ ފެތުރެމުން ދާއިރު، މެދުއިރުމަތީގެ ހަނގުރާމަތަކުގެ ނަތީޖާގެ ރަހަ އިޙްސާސްވަމުން އަންނަ، އަދި މުސްލިމުންނާއި، ޢަރަބީންގެ ޙާލަތުން އޭގެ އަގު ދައްކަން ޖެހިފައިވާ ދުވަސްވަރެއްގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *