އަރަބިދުނިޔެދީންދުނިޔެ

ބަދުރު ހަނގުރާމައިގެ ޛިކުރާ އާކުރައްވާ އިސްލާމީ އުއްމަތަށް ޝައިޚުލް އަޒްހަރު ނަޞޭޙަތް ދެއްވައިފި

ޝައިޚުލް އަޒްހަރު އަޙްމަދު ޠައްޔިބު ބަދުރު ހަނގުރާމައުގެ ޛިކުރާ އާކުރައްވާ އިސްލާމީ އުއްމަތާއި މުޚާޠަބު ކުރައްވައިފިއެވެ. މިފަދައިން ޝައިޚުލް އަޒްހަރު މުސްލިމުންނާއި މުޚާޠަބު ކުރައްވާފައިވަނީ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ޖާމިޢަތުލް އަޒްހަރުގެ ރަސްމީ ޓްވިޓަރް ޞަފްޙާގައެވެ.

ޖާމިޢަތުލް އަޒްހަރުގެ ފަރާތުން އަދި ޝައިޚުލް އަޒްހަރުގެ ފަރާތުން މިޞްރުގެ ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހުނިޔާ ވިދާޅުވުމަށްފަހު ވިދާޅުވެފައިވެއެވެ. ބަދުރު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ހިނގައިދިޔަ މުހިއްމު، (ހެވާއި ނުބައި) ވަކިކޮށްލި ހަނގުރާމައެކެވެ. މިހެންކަމުން މާތް ﷲ ތަޢާލާ އެދުވަހަށްވަނީ ޔައުމުލް ފުރްޤާނުގެ (ވަކިކޮށްލެވުނު ދުވަސް) ނަން ދެއްވާފައެވެ. އެއީ އެދުވަހަކީ ޙައްޤާއި ބާޠިލާއި ދެމެދު ވަކިކޮށްލެވުނު ދުވަހަށް ވާތީއެވެ. އަދި މުސްލިމުންނަށް އެބައިމީހުންގެ ޢަދަދާއި ތައްޔާރީ މަދުވުމާއި އެކުވެސް ނަޞްރު ލިބިނު ދުވަހަށްވާތީއެވެ. ކީރިތި ޤުރްއާނުގެ (އެތައް) އާޔަތްތަކެއްގައި ﷲ ތަޢާލާ ނަޞްރަކީ އެކަލާނގެއަށް އީމާންވެ ކެތްތެރިވާ ބަޔަކަށްވާ އެއްޗެއްގެ ގޮތުގައި އަދި އެއީ ނަޞްރުގެ ސަބަބުތަކުގައި ހިފަހައްޓާ ބަޔަކަށް ލިބޭނޭ އެއްޗެއްގެ ގޮތުގައި ޞިފަ ކުރައްވާފައެވެ. ހަމަ އެފަދައިން ނަޞްރަކީ ހަތިޔާރާއި ޢަދަދު މަދުވުމާއި އެކުވެސް ޙައްޤުގެ އަހްލުވެރިންނަށް ވާ އެއްޗެކެވެ. އަދި ހަތިޔާރާއި ޢަދަދު ގިނަވުމާއި އެކުވެސް ނިކަމެތިކަމާއި ބަލިކަށިކަމަކީ ބާޠިލްގެ އަހްލުވެރިންނަށް ވާ އެއްޗެކެވެ.

މީގެ އިތުރުން މިހާރު ފެތުރެމުންދާ ކޯވިޑް 19 އަށް އިޝާރަތް ކުރައްވާ ވިދާޅުވެފައިވެއެވެ. އަލްއަޒްހަރުން މިޞްރުގެ ރައްޔިތުންނަށް ގޮވާލަނީ (ބަދުރު ހަނގުރާމައިން މިޘާލު ނަގައިގެން) ކެތްތެރިކަމާިއ ނަޞްރުގެ ރޫޙުން ހިތްވަރު ލިބިގަތުމަށެވެ. އަދި ޚާއްޞަކޮށް މިހިނގާ ކޮރޯނާގެ ވަބާ ތެރޭގައެވެ. އަޅުގަނޑުމެން (ޖާމިޢަތުލް އަޒްހަރުން) ގޮވާލަނީ ހުރިހާ ބޭފުޅުންވެސް ގަދައަޅާ މަސައްކަތް ކުރެއްވުމަށެވެ. އަދި ސަބަބު ތަކުގައި ހިފުމަށެވެ. އަދި ހުރިހާ އުނދަގުލަށްފަހު ފަސޭހަކަން ވާނޭކަން ދެނެގަތުމަށެވެ. އަދި ހުރިހާ ދަތިކަމަށްފަހު ނަޖާވުން އަންނާނޭކަން ދެނެހުރުމަށެވެ.

މިބަޔާން ނިންމަވާލައްވަމުން މުޅި އިންސާނިއްޔަތު އެންމެހާ ވަބާތަކާއި، ބަލާއާއި، މުޞީބާތްތަކާއި، ނުބައިކަންކަމުންނާއި ނުރުހުންތެރިކަންކަމުން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *