އަރަބިދުނިޔެދީންދުނިޔެ

ބަދުުރުގެ ޙާދިޘާއިން (ނަފްސުން) ހޭދަކުރުމާއި ފިދާވުމުގެ ރިވެތި ޞިފަތައް ފާޅުވެގެންދޭ: މިޞްރުގެ މުފްތީ

ބަދުރުގެ ޙާދިޘާއިން ނަފްސުންނާއި ފުރާނައިން ހޭދަކުރުމާއި ފިދާވުމުގެ ރިވެތި ޞިފަ ފާޅުވެގެންދާކަމަށް މިޞްރުގެ މުފްތީ އައްދުކްތޫރު ޝައުޤީ ޢައްލާމް ވިދާޅުވެއްޖެއެވެ. ޝައިޚު މިހެން ވިދާޅުވެފައިވަނީ ބަދުރު ހަނގުރާމައާއި ވިދިގެން މިޞްރުގެ އަލްއަހްރާމު ނޫހުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

ދުކްތޫރު ޝައުޤީ ވިދާޅުވާ ގޮތުގައި ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިނގާފައިވާ ބަދުރު ހަނގުރާމައަށް މާތް ޞަޙާބީން ރޯދައަށް ތިއްބަވައިގެން، އެބޭކަލުންގެ ޢަދަދު އެބޭކަލުންގެ ޢަދުއްވުންގެ 3 ބައި ކުޅަ އެއްބައިވެސް ހަމަ ނުވާ ޙާލު، ނިކުމެ ވަޑައިގަތް ނިކުމެވަޑައިގަތުމުން ދޭހަވަނީ އެބޭކަލުންނަކީ ނަފްސުން ފިދާވުމާއި ހޭދަކުރައްވުމަށް ފަސްޖެހިވަޑައިނުގަންނަވާ ބޭކަލުންކަމެވެ. އަދި މާތް ﷲ އެބޭކަލުންނަށް ނަޞްރު ދެއްވާފައިވަނީ އެބޭކަލުންގެ އީމާންކަމުގެ ތެދުވެރިކަމާއި، އެބޭކަލުންގެ އިޙްސާންތެރިކަމާއި، އެބޭކަލުންގެ ޢަމަލުތަކުގައިވާ އިޙްސާންތެރިކަމުގެ ފިރުހަމަކަމާއި، އަދި ނަފްސުގެ ޤުރުބާނީގެ ސަބަބުންކަމެވެ. މިހެންކަމުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެބޭކަލުންގެ މާތްކަން ބަޔާންކުރައްވަމުން ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނަށް އެނގިލައްވަނީ ކިހިނެއްތޯއެވެ. ފަހަރުގައި މާތް ﷲ ތަޢާލާ ބަދުރުގެ އަހްލުވެރިންނަށް ބައްލަވާ ވޮޑިގެން ޥަޙީ ކުރައްވާފަދައެވެ. ތިޔަބޭކަލުން އެދުނު ކަމެއް ކުރައްވާށެވެ. ތިމަން ﷲ ތިޔަބޭކަލުންނަށް ފުއްސަވައިދެއްވައިފީމުއެވެ.”

އަދި މިދުވަހު އެއްމެ ބޮޑަށް ޤުރުބާންވެވަޑައިގެންފައިވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކަމަށްވެސް ދުކްތޫރު ވިދާޅުވިއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އެދުވަހު މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޞިފަކުރައްވަމުން ވިދާޅުވެފައިވެއެވެ. “ތިމަންމެން ބޭކަލުން ބަދުރު ހަނގުރާމައިގައިވީ ހިނދު މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ފަހަތްޕުޅުގައި ޙިމާޔަތް ހޯއްދަވާ ކަމުގައިވީމުއެވެ. އެދުވަހު ޢަދުއްވުންނާއި އެއްމެ ގާތުގައި ހުންނެވީ އެކަލޭގެފާނެވެ. އަދި އެދުވަހު އެއްމެ އަނިޔާ ލިބިވަޑައިގަތް އެއްބޭކަލަކީވެސް އެކަލޭގެފާނެވެ.”

ދުކްތޫރުގެ ވާހަކަ ނިންމަވާލައްވަމުންވަނީ ސައިނާގައި ތަކްފީރީ ފިކުރުގެ އިރްހާބީންނާއި، އިދިކޮޅަށް ހިނގަމުންދާ ހަމަނުޖެހުމަށް އިޝާރާތް ކުރައްވާ، އެއީ ހަރުކަށިކަމަށް ބިނާވެފައިވާ ކުރީގެ ޚަވާރިޖުންގެ ފިކުރު ދެވަނަ ފަހަރަށް ދިރުވުން ކަމުގައި ވިދާޅުވެފައެވެ. އަދި މިއުއްމަތް ޤަރްނުތަކުގެ ތެރޭގައި، އިރުމައްޗާއި ހުޅަނގުގައިވެސް، ދިރިއުޅެފައިވަނީ ޢިއްޒަތްތެރިކަމާއި، ކަރާމާތްތެރިކަމާއި އެކުކަމާއި، މިއީ ޤިޔާމަތާއި ޖެހެންދެން މިއުއްމަތަކީ އެއްބައިވަންތަ ވަރުގަދަ އުއްމަތެއްކަމުގައި ވިދާޅުވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *