ދުނިޔެ މައްކާއާއި މަދީނާގައި 24ގަޑި އިރުގެ ކާފިއު އިޢްލާނު ކޮށްފި

މައްކާއާއި މަދީނާގައި 24ގަޑި އިރުގެ ކާފިއު އިޢްލާނު ކޮށްފި

Makkah Aai Madinagai 24gadi Iruge Curfew Iiulaanu kohfi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 އާއި ގުޅިގެން ސަޢުދީޢަރަބިއްޔާއިން މައްކާއާއި މަދީނާގެ ސަރަޙައްދު ތަކުގައި 24ގަޑިއިރުގެ ކާފިއު އިޢްލާނު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިޢްލާނުކުރި ކާފިއު ސަރުކާރުން ވަކިގޮތެއް އަންގަންދެން ކުރިއަށް ދާނެކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަދި އެދެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އަންގާފައިއޮތީ ކާބޯތަކެތި ގަތުމާއި ބޭސްފަރުވާގެ ކަމެއްގައި މެނުވީ ނުނިކުތުމަށެވެ. އަދި އެފަދަ ބޭނުން ތަކުގައިވެސް ނުކުމެވެނީ ހެނދުނު 6އަކުން މެންދުރު 3އަކާއި ހަމައަށެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ނުކުތް ނަމަވެސް އެބަޔަކު އުޅޭ ސަރަޙައްދަކުން ދުރަށް ނުދިއުމަށްވަނީ އަންގަވާފައެވެ.

އަދި މައްކާއާއި މަދީނާގައި ދިރިއުޅޭ ރައްޔިތުނަނަށް ވަނީ އެދެސިޓީއިން ބޭރަށް ނުކުތުން މަނާ ކޮށްފައެވެ. އަދި އެހެން ސިޓީތަކުގެ މީހުނަށް ވަނީ އެދެސިޓީއަށް ވަނީ މަނާކޮށްފައެވެ.

ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންވަނީ ކާފިއުއިން އިސްތިސްނާވެގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ޕްރަވެޓް ސެކްޓަރ ގައި މަސައްކަތް ކުރާ މީހުންނާއި ސެކިއުރިޓީ ބަލަހައްޓާ މީހުންނާއި މިލިޓްރީ އަދި މީޑިއާގައި މަސައްކތްކުރާ މީހުންވެސް ވަނީ އިސްތިސްނާ ވެގެންކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އަދި ރިޕޯޓުތަށް ބުނާގޮތުން އަލަށް ސަރުކާރުން ޢަމަލުކުރަންފެށި މިއުސޫލުތަކަކީ އެޤައުމުގެ ސަރުކާރުން ކޮވިޑް-19 އާއި ކުރިމަތިލުމަށް ސަރުކާރުގެ ސިއްޙީ އިދާރައިން ކުރަމުން އަންނަ މަސައްކަތް ވަރުގަދަ ކުރުމަށާއި އަދި މައްކާއާއި މަދީނާގެ ސަރައްޙައްދުތަކުގައި ކޮވިޑް-19 އިތުރަށް ދިޔަނުދިއުމަށާއި މައްކާއާއި މަދީނާގައި ދިރިއުޅޭ އެޤައުމުގެ ރައްޔިތުންނާއި އެހެނިހެން ޤައުމުތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ފެށި ފިޔަވަޅުތަކެއް ކަމަށެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.