ބަނގުރާ ވިއްކުން ހުއްދަކުރުމާއި ދެކޮޅަށް ‘ބޮޑު އެއްވުމެއް’ ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި މިއަދު އަސްރު ނަމާދަށް ފަހު އާޓިފިޝިއަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ މިއެއްވުމަކީ މީހުން އުޅޭ ރައްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ދިނުމާއި ގުޅިގެން އެކަމާއި ‘ދެކޮޅު’ ހެދުމުގެ ގޮތުން ބާއްވާ އެއްވުމެކެވެ.
އާޓިފިޝިއަލް ބީޗްގައި ‘ބަނގުރަލާއި ދެކޮޅަށް އެއްވުން’ ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއެއްވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރިއަށްދާކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. އެގޮތުން ފަރުދީ ގޮތުންނާއި ޖަމިއްޔާތަކުގެ ފެންވަރުގައި ތަފާތު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަރަށް މުއުތުބަރު ފަރާތަކުން ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.
އިއެއްވުމަށް ‘ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމާއި ދެކޮޅު’ އެންމެން ވަޑައިގަތުމަށް އެއްވުން އިންތިޒާމް ކުރައްވާ ފަރާތުން އިލްތިމާސްކުރައްވައެވެ.
މިޤަވާއިދު ފާސްވުމާއި ގުޅިގެން ރާއްޖޭގައި ‘މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހޮޓާތަކުގެ ތެރެއުބް މަދުވެގެން 100 އެނދުގެ ހޮޓާތަކުގައި ހިންގާ ބާތަކުގައި ބަނގުރާ ވިއްކޭނެއެވެ. އަދި ބައިނަލް އަޤްވާމީ އެއާރޕޯޓްތަކުގެ ޑިޕާޗާ ޓާމިނަލްގައި ޓޫރިޒަމް މިނިސްޓްރީއިން ޤަބޫލުކުރާ ފެންވަރަށް ހަދައި އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޕިކްނިކް އައިލެންޑްތަކާއި ޔޮޓްމެރީނާތަކުގައި ބަނގުރާ ވިއްކުމުގެ ފުރިހަމަ ‘ހުއްދަ’ އަލަށް އިސްލާހުކުރެވުނު ޤަވާއިދުގައިވެއެވެ. އަދި މިޤަވާއިދަކީ ‘ޤާނޫނީ ބާރު’ ލިބިގެންވާ ޤަވާއިދެއްކަމަށްވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
ޚިޔާލު