އަރަބިދުނިޔެދުނިޔެ

އީރާނުން ކޮވިޑް 19 ގައި މަރުވި މީހުންގެ އަދަދު 2234 އަށް

ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވި 157 މީހުންނާއެކު ކޮވިޑް19 ޖެހިގެން އީރާނުން މަރުވި މީހުންގެ އަދަދު 2234 އަށް އަރާފައިވާ ކަމަށް އެޤައުމުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޖަހަންޕޫރް ވިދާޅުވި ގޮތުގައި ފާއިތުވި 24 ގަޑިއިރު 157 މީހުން މަރުވެފައިވާއިރު އިތުރު 2389 މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށެވެ. މިއާއެކު އެޤައުމުގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދުވަނީ 29406 އަށް އަރާފައެވެ. އަދި އެޤައުމުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 10457 މީހުން ރަނގަޅުވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގެ ވުހާއިން ފެނުނު މިބަލި ދުނިޔޭގެ 172 ސަރަހައްދަކަށް މިހާރުވަނީ ފެތުރިފައެވެ. 4 ލައްކައަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު 20،000 އަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ މިބަލީގައި މަރުވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *