ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 ޖެހިގެން ފަލަސްތީނުގައި މީހަކު މަރުވެފައިވާކަމަށް އެޤައުމުން ބުނެފިއެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވާ ސަރުކާރުގެ ތަރުޖަމާނާއި ހަވާލާދީ ތުރުކީގެ އަނަދަލޫ ނިއުސް އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް19 ޖެހިގެން ފަލަސްތީނުން މީހަކު މަރުވެފައިވަނީ އިއްޔެގައި ކަމަށާއި އެމީހަކީ 60 އަހަރުގެ އަންހެނެއް ކަމަށެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣާޒާ ހިމެނޭ ގޮތަށް ޖުމްލަ 64 މީހުންނަށް ކޮވިޑް19 ޖެހިފައިވާއިރު 17 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގެ ވުހާއިން ފެނުނު މިބަލި ދުނިޔޭގެ 172 ސަރަހައްދަކަށް މިހާރުވަނީ ފެތުރިފައެވެ. 4 ލައްކައަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު 20،000 އަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ މިބަލީގައި މަރުވެފައެވެ.

















ޚިޔާލު