އަރަބިދުނިޔެ ދެހަރަމް ފިޔަވައި ސައުދީގެ އެހެން މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓާލައިފި

ދެހަރަމް ފިޔަވައި ސައުދީގެ އެހެން މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓާލައިފި

ދެހަރަމް ފިޔަވައި ސައުދީގެ އެހެން މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާގެ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ  މަސްޖިދުއްނަބަވީ ފިޔަވައި ސައުދީ އަރަބިއްޔާގެ އެހެން މިސްކިތްތަކުގައި ނަމާދު ކުރުން  ހުއްޓާލުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ..

ސައުދީ ގެޒެޓްއިން ރިޕޯީޓްކޮށްފައިވާގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން މިމިގޮތައް ނިންމާފައިމިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންއަންނަ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

ސައުދީ އަރަބިއާގައި ހުރި އެގައުމުގެ މީހަކަށް ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) ޖެހިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އެންމެ ފުރަތަމަ ބުނެފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

ސައުދީ އަރަބިއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުން ވަނީ އުމްރާ ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފަ އެވެ. މީގެ ކުރިން އެގައުމުން ނިންމާފައި އޮތީ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމްރާ ނުކުރެވޭ ގޮތަށް ހަދާށެވެ. ނަމަވެސް  ސައުދީން ވަނީ އެ ގައުމުގެ ރައްޔިތުންވެސް އުމްރާ ނުކުރަން އަންގާފަ އެވެ

މިއަދާއި ހަމައަށް ސައުދީއިން ވަނީ 133 މީހުން ކޮވިޑް19 އަށް ޕޮޒިޓިވެ ވެފައެވެ.  މިއަދު އެކަނިވެސް އެގައުމުން 15 މީހަކު މިބައްޔަށް ޕޮޒިޓިވެ ވެފައިވެއެވެ..

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.