ރާއްޖޭގެ ޚަބަރު ނައިބުރައީސް ހިމެނޭ ޕާޓީއިން މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރުމަށް ނިންމުމުން އެކަމާ ކަންބޮޑުވާކަން ހާމަކޮށްފި

ނައިބުރައީސް ހިމެނޭ ޕާޓީއިން މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރުމަށް ނިންމުމުން އެކަމާ ކަންބޮޑުވާކަން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ނައިބުރައީސް ހިމެނޭ ޕާޓީއިން މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރުމަށް ނިންމުމުން އެކަމާ ކަންބޮޑުވާކަން ހާމަކޮށްފިއެވެ.

'މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރުމަށް ނިންމުމުން އެކަމާ ކަންބޮޑުވެ ހިތަމާ ކުރާކަމެއް.' ފާޅުކޮށްފައިވަނީ ޤައުމީ ޕާޓީއިން ނެރުއްވި ނޫސް ބަޔާނެއްގައެވެ. 'ޑިމޮކްރެޓިކް ސަރުކާރަކުން ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ޚިޔާލަށް އިޖާބަ ދިނުމަކީ ލާޒިމުކަމެއް ކަމަށާއި، ވީއެންމެ އަވަސް މުއްދަތެއްގައި ފުޅާދާއިރާއެއްގައި މިކަމާމެދު މަޝްވަރާކޮށް މިމައްސަލަ ޙައްލުކުރުމީ ޤައުމީ މަސްލަހަތު މިކަމުގައި އެކުލެވޭ ކަމެއް ކަމުގައި ދެކޭކަމަށް.' ޤައުމީ ޕާޓީގެ ނޫސް ބަޔާނުގައިވެއެވެ.

ރާއްޖޭގެ ނައިބުރައީސް ހިމެނޭ ޕާޓީއިން އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއިން މިފަދަ ގޮތަކަށް ބަސްމަގު ހުރިކަމުގައިވިޔަސް ސަރުކާރުން މިޤަވައިދުގައި 'މައްސަލައެއް ނެތް' ކަމަށް ދަނީ ބުނަމުންނެވެ.

ޓެގް

ދީން ބަނގުރާ ލާދީނީ ސަރުކާރު ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.