ރާއްޖޭގެ ޚަބަރު މީހުންދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ހިންގައިގެން ނުވާނެކަމުގައި މަދަނީ އިއްތިހާދުން ގޮވާލައިފި

މީހުންދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ހިންގައިގެން ނުވާނެކަމުގައި މަދަނީ އިއްތިހާދުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީހުންދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ހިންގައިގެން ނުވާނެކަމުގައި މަދަނީ އިއްތިހާދުން ގޮވާލައިފައިވަނީ ޓީވީ މޯލްޑިވްސް އިން ވަގުތުން ގެނެސްދިން މަދަނީ އިއްތިހާދުގެ ނޫސް ކޮންފަރެންސްގައެވެ.

ދިވެހިރާއްޖޭގެ ކުޑަބޮޑު އެންމެހާރައްޔަތުން މާދަމާ އޮންނަ އެއްވުމުގައި ބައިވެރިވުމަށާއި ދިވެހިރައްޔިތުން ބަނގުރާ މައްސަލާގައި ދެކޮޅަށް އަޑުއުފުލުމަށްވަނީ ގޮވާލާފައެވެ. ހުކުރު ދުވަހު ބާއްވާ އެއްވުމަށް 'އުންމީދުކުރި ވަރަށްވުރެވެސް ބޮޑު އެއްބާރުލުމެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅުއްވާ ދިވެހިރައްޔަތުންގެ ފަރާތުން ލިބެމުން ދާކަމަށް.' ނޫސްކޮންފަރެންސްގައި ފާހަގަ ކުރައްވާފައެވެ.

އަދާލަތު ޕާޓީއާއި މަދަނީ އިއްތިޙާދު ގުޅިގެން އިންތިޒާމުކުރާ ބޮޑު މުޒާހަރާ ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު  4:00 ފެށިގެންނެވެ. މުސްލިމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ކުދިބޮޑު ހުރިހާ ރައްޔަތުން މިމުޒާހަރާގައި ބައިވެރިވުމަކީ މަދަނީ އިއްތިޙާދުގެ ވަރަށްބޮޑު އެދުމެއްކަމުގައި އެއިއްތިހާދުން ހާމަކުރައްވައެވެ.

ޓެގް

ދީން ބަނގުރާ ލާދީނީ މުޒާހަރާ އަދާލަތު ސަރުކާރު ޝެއިޚް ސަލަފް ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.