ރާއްޖޭގެ ޚަބަރު ވިޔަފާރީގައި އިސްލާމީ އުސޫލުތައް ގެންގުޅޭ ދިވެހި ކުންފުނިތައް ލިސްޓުކުރުމަށް ބާރުއަޅާ ކަމަށް ސްޓޮކް އެކްސްޗޭންޖުން ހާމަކޮށްފި

ވިޔަފާރީގައި އިސްލާމީ އުސޫލުތައް ގެންގުޅޭ ދިވެހި ކުންފުނިތައް ލިސްޓުކުރުމަށް ބާރުއަޅާ ކަމަށް ސްޓޮކް އެކްސްޗޭންޖުން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިޔަފާރީގައި އިސްލާމީ އުސޫލުތައް ގެންގުޅޭ ދިވެހި ކުންފުނިތައް ލިސްޓުކުރުމަށް ބާރުއަޅާ ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ހާމަކޮށްފިއެވެ.
އިއްޔެގެ ހަވީރު ނޫހުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްއަށް ހަވާލާދީ ހާމަކުރައްވާފައިވާ ގޮތުގައި 'އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ވިޔަފާރީގެ މުއާމަލާތްތައް ނުހިނގާ ކުންފުނިތަކުގައި އިންވެސްޓުކުރުމަށް އުޒުރުވެރިވާ ބައެއް ކުންފުނިތަކުގައި އިންވެސްޓްކުރުމަށް އުޒުރުވެރިވާ ބައެއް ފަރާތްތައް ރާއްޖޭގައި އެބަތިބި ކަމަށާއި އެހެންކަމުން އެފަރާތްތަކަށް ހިއްސާގެ ބާޒާރުގައި ބައިވެރިވުމުގެ ޝައުގުވެރިކަން އިތުރުކުރުމަށް އިސްލާމީ އުސޫލުތަކުގެ ދަށުން ވިޔަފާރިކުރާ ބައެއް ކުންފުނިތައް ލިސްޓުކުރުމަށް އެކުންފުނިތަކާއި މަޝްވަރާކުރަމުން ގެންދާ'ކަމަށެވެ.

ސަތޭކަ އިންސައްތަ މުސްލިމުން އުޅޭ ދިވެހި ބިމުގައި އިސްލާމީ އުސޫލުތަކާއި ޚިލާފަށް ބައެއް ވިޔަފާރި ހިންގަމުންދާކަން ސަރުކާރުގެ ރަސްމީ ވުޒާރާއަކުން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.

ޓެގް

ވިޔަފާރި ދީން ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.