އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމަށް އަރަބި އިސްލާމީ ތައުލީމްދޭ ސްކޫލް ގާއިމުކުރަން ގަސްތުކުރާކަމަށް ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލައްވާ އަދި މިހާރުގެ ރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނުން ގެންގުޅޭ އިސްލާމް ދީނާއި ގައުމިއްޔަތާއި ބެހޭ ސިޔާސަތު ހާމަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ވަހީދު ވިދާޅުވީ "އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި އިސްލާމީ ތައުލީމްދޭ ސްކޫލް ގާއިމުކުރަން އަޅުގަނޑުމެން ގަސްތުކުރަން" ކަމަށާއި "ރާއްޖޭގައި އެންމެ މިޒަމާނުގެ އިސްލާމިކް ރިސާޗް ސެންޓަރެއް، ގާއިމުކުރަން އަޅުގަނޑުމެން ގަސްތުކުރާ"ކަމަށެވެ.
ކ.ތުލުސްދޫގައި ބޭއްވި މިޖަލްސާގައި އިތުރަށް ޑރ ވަހީދު ވިދާޅުވީ "އަޅުގަނޑުމެން އިބްރަތް ލިބިގަންނަންވީ ދުނިޔޭގައި ހުރި އެހެނިހެން އިސްލާމީ ގައުމުތަކުން އެގައުމުތަކުގައި ކަންކަން ކުރާ ގޮތަށް އެގައުމުތަކަށް ތަރައްގީ ގެނެވޭ ގޮތާއި، މިކަން ކަން ދަސްކޮށްދީ އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް ވަރުގަދަ އިސްލާމީ ހަޟާރަތެއް އޮތް ގައުމަކަށް ހެދުން އެއީ އަޅުގަނޑުމެންގެ މަގްސަދު."ކަމަށެވެ.
އިސްލާމް ދީނާއި ގައުމިއްޔަތާއި ބެހޭ ސިޔާސަތު ހާމަކުރުމަށް ބޭއްވި މިޖަލްސާގައި ޑރ ޤުބާދުވަނީ ވާހަކަ ދައްކަވާފައެވެ.
ޚިޔާލު