ރާއްޖޭގެ ޚަބަރު

ޝަރުޢީ ދާއިރާގެ ޢަދުލުވެރިކަމެއް ނެތްކަން ކަށަވަރުކޮށްދެއްވީ ޕީޖީ އާއި ޝަރުޢީ ދާއިރާއިން: އަބްދުﷲ މުހައްމަދު

އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ޢަދުލުވެރިކަމެއް ނެތްކަން ކަށަވަރުކޮށްދެއްވީ ޕީޖީ އާއި ޝަރުޢީ ދާއިރާ އިން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ މުހައްމަދު އިތުރަށް ވިދާޅުވީ ޤާނޫނުތައް ހިނގަނީ ނިކަމެތި ރައްޔިތުންގެ މައްޗަށް އެކަނި ކަމަށާއި ޝަރުޢީދާއިރާ އިސްލާހުކުރަން ޖެހޭކަން ވަރަށް ރަނގަޅަށް ކަށަވަރުވެއްޖެ ކަމަށެވެ.

މީގެ އިތުރުން ޕީޖީއަކީ ކުރި ކުށަށާއި އެކުށްކުރުމުން ކަންކުރަންވީ ޤާނޫނަށް ބެއްލެވުމެއްނެތި ކުށްވެރިޔާއަށާއި ކުށަށް ތުހުމަތު ކުރެވޭ މީހާއަށް ބަލައިގެން ޝަރީޢަތްކުރައްވާ ފަރާތެއްކަން ޕީޖީން ކަށަވަރުކޮށްދެއްވައިފި ކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ތީތެދުފުޅެއް، ނަޝީދު މުޅިދިވެހިރާއްޖެ އިދަޖައްސާލުމަށް ކުރެވެން ހުރި ހުރިހާކަމެއް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރަމުން ގެންދާއިރުވެސް އޭނަބުނާހާއިގޮތެއް ސަރުކާރުންނާއި، ކޯޓްތަކުންންނާއި މަޖިލީސްތެރެއިން ގެންދަނީ ކުރަމުން ޖާބިރުމެން މަސްތުވެގެން ތިއްބާ ހައްޔަރުކޮށް ޔުއުރިންނުދިންކަމުގައިވިއަސް ކޯޓްތެރޭ ހަޅޭއްލެވިއަސް، މަޖިލީހުގައި ހުރިތަކެތި ހަލާކުކުރިއަސް، އާމްމުރައިޔިތުން މަރަންގޮވިއަސް ޒިނޭހުއްދަކުރިއަސް، ރާ ހުއްދަކުރިއަސް މީހުންގެ ތަކެއްޗަށް ގެންލުންދިނަސް އިއްޒަތްތެރިންނާއި، ރައީސުންނަށްވީމާކުރެވޭ އެއްވެސް ހުކުމެއްނެތް މީކިހާދެރަކަމެއް، ނިކަމެތިމީހާ ޔުއުރިން ނުދިނުމުން އެމީހުންނަށް ޖަލުހުކުމް އެބައިއްވޭ ގުއްޑާއިންވީމަ އެމީހުންނަކަށް ކުރެވޭކަމެއްނެތް ތުބުޅިލައިގެން ތިބިބަޔަކުނަމަ އެމީހުންނަށް މަގުމައްޗަށް ވެސް ނުކުމެވޭވަރެއްނުވާނެ ހައްދުފަހަނައެޅިމީހުންނޭ، ޓެރަރިސްޓުންނޭ، ތުބުޅި ބާލައި އޮފަކޮށްހުރީމަ ބުޔަސް، ތަންތަން ރޯކުރިއަސް، މަގުފޭރުނަސް، ތަންތަންގޮއްވިޔަސް މިބައިމީހުންނުވޭ ޓެރަރިސްޓުންނަކަށް މިދެންކިހާދެރަކަމެއް،

  2. ދިވެހިރާއްޖޭގެ އަދުލު އިންސާފަކީ ބޮޑު މީހާޔައް ބޮޑުކޮއް، ކުޑަ މީހާޔައް ކުޑަކޮއް އޮންނަ އެއްޗެއްކަން މިދާ ޝަރީއައްތަކުން ތިބޭފުޅުންނައް ފެންނާނެ، ބަޔެއް މީހުންގެ ޝަރީޢައްތޭ ކިޔާއެއްޗެއް އޮންނަ ދުވަސްތަކުގައި ޖަސްޓިސް ކިޔާ ބިލްޑިންގުގައި ސިކިއުރިޓީ ގޭޓްތަކާއި، ސިކިއުރިޓީ ކެމެރާތަކާއި އެއްޗެހި ބަހައްޓާ ހީވާނެ ބަޔަކު ފިލްމެއް ކުޅޭހެން، އެހެން ދުވަސްތަކުގައި އެއިމާރާތުގައި ހިންގަނީ ޝަރީއައްތަކެއް ނޫންބާ؟ މިރާއްޖޭގެ އަދުލުގެ ނިޒާމް ވަނީ ފެއިލްވެފައި، ޖާހިލުޒަމާނުގެ ބަދަވީން ޤަބީލާތަކުގައި ކުރި ހކުމްތައްކުރާބަޔެއް!

Your email address will not be published. Required fields are marked *