ޤާނޫނީ ވަކީލު އަބްދުﷲ ހަސީން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭގޮތަށް ފުލުހުން ބަލަމުންދާ މައްސަލައެއް ނިމެންދެން ސަސްޕެންޑްކޮށްފިއެވެ.
އަބްދުﷲ ހަސީން ސަސްޕެންޑްކޮށްފައި ވަނީ ރާއްޖެޓީވީގެ ތިލަފަތް ޕްރޮގުރާމުގައި ވަކާލާތު ކުރުމާއި ބެހޭ ގޮތުން ހަދާފައިވާ ގަވާއިދާ ހިލާފަށް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސަން އޮން ލައިން އަށް މަޢުލޫމާތު ދެއްވަމުން އަބްދުﷲ ހަސީން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި އޭނާ ސަސްޕެންޓްކޮށްފައި ވަނީ އެމްޑީޕީގެ 170 އަށް ވުރެ ގިނަ މީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ބައިވެރިވެރިވުމުގެ އިތުރަށް މުޒާހަރާގައި ހައްޔަރު ކުރާ ގިނަ މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

















advertisment
ތިޔަޤަބޫލުކުރެއްވުނީ ވެސް ހަމަ ސަސްޕެންޝަނެއް ޙައްޤުވާފަދަ ޖަރީމާއެއް ވާހަކަ! އަދަބުވެސް ޙައްޤު! މާތްﷲ އަޅެމެން މިފަދަ މުޖުރިމުންގެ ފުށުން ސަލާމަތް ކުރައްވާށި!
މީވެސް އައްނިއާ ހެދިހޭބަލިވަެފައިވާ ގުންޑާއެއް!