ﷲ ސުބުހާނަހޫ ވަތަޢާލާ ތިބާގެ އަތުން އެއްޗެއް ގެންދަވައިފިނަމަ، އެކަލާނގެ އެއެއްޗެއްގެ ބަދަލުގައި އެއައްވުރެ މާފުރިހަމަ އެއްޗަކުން ތިބާއަށް އޭގެ ބަދަލު ދެއްވައެވެ. ނަމަވެސް، އެއީ ތިބާ ކެތްތެރިވެ ﷲގެ ހަޟްރަތުން އެކަމުގެ ދަރުމައަށް އެދިއެދި ހުންނަނަމައެވެ.
ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ." އެމީހެއްގެ ލޮލުގެ ފެނުންގެންދަވައިފި މީހާ،އަދި އެކަމަށްޓަކައި އޭނާ ކެތްތެރިވެއްޖެނަމަ،ﷲ އެކަމުގެ ބަދަލުގައި އޭނާއަށް ސުވަރުގެ ދެއްވައެވެ." ރަސޫލާގެ އެހެން ހަދީޘް ބަސްފުޅެއްގައި ވެއެވެ. "މިދުނިޔެއިން ތިމާ ލޯބިވާ މީހަކު ބީވެގެން ދިޔުމުން އެކަމަށް ކެތްތެރިވެ ﷲ ހަޟްރަތުން އެކަމުގެ ދަރުމައަށް އެދޭ މީހާއަށް، އެކަމުގެ(އޭނާގެ ކެތްތެރި ކަމުގެ) ބަދަލެއްގެ ގޮތުގައި ﷲ ސުވަރުގެ ދެއްވައެވެ." އެހެންކަމުން، މިދުނިޔެ މަތީގައި ލިބޭ ބޮޑެތި ހިތާމަތަކާއި މުސީބާތްތަކުގެ ސަބަބުން ތިބާ ހިތާމަވެރިވެ މާޔޫސް ނުވާށެވެ.ހަމަކަށަވަރުން ތިބާއަށް އެކަމެއް ޖެއްސެވި ފަރާތުން ތިބާ އަށް އެއަށްވުރެ މަތިވެރި ވެގެންވާ ނިޢުމަތްތައް ކަމުގައިވާ ސުވަރުގެއާއި، ދަރުމައާއި ގިނަގުނަވެގެންވާ ސަވާބު ދެއްވައެވެ.
މިދުނިޔެމަތީގައި މުސީބާތާ ކުރިމަތިވާހިނދު، ﷲ އާއި ކުށްތަންވާ މީހުންނީ، ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަށް އެބަޔަކަށްޓަކައި ވާމީހުންނެވެ.
ﷲ ވަޙީ ކުރައްވަނީ، "(އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް سلام ހުއްޓެވެ. ފަހެ، آخرة ގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ. [سورة الرعد : 24]". އެހެންކަމުން، އުނދަގޫތައް ތަހައްމަލް ކުރަން ޖެހުމުގެ ސަބަބުން ލިބޭ ހެޔޮ ޖަޒާގެ މަތިން ތާއަބަދު އަހަރުމެން ހަނދުމަކުރަން ޖެހޭނެއެވެ.
ﷲ ވަޙީ ކުރައްވަނީ"އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ. [سورة البقرة : 157]
ހަގީގަތުގައިވެސް މިދުނިޔެއަކީ އެތަނެއްގައި އުމުރުކުރު އަދި ނިޢުމަތްތަށް މަދު ތަނެކެވެ. އަދި އާޚިރަތަކީ މާފުރިހަމަ އަދި އަބަދަށް ދެމިގެންވާ ތަނެކެވެ.އަދި ދުނިޔެމަތީގައި މުސީބާތާ ކުރިމަތިވި މީހާ، އާޚިރަތުން އޭގެ ބަދަލު ހޯދައިގަނެތެވެ. އަދި މި ދުނިޔެމަތީގައި ބުރަ މަސައްކަތް ކުރިމީހާއަށް އެދުވަހުން ފަސޭހަތައް ވެއެވެ. އަދި މިދުނިޔޭގެ ކަންތައްތަކުގައި ހިފައިގެން،އެކަންތައްތަކާއި ވަކިނުވެވި، އެކަންތައްތައް ދެކެ ލޯބިވާ މީހުން ދަންނާށެވެ. އެފަދަ މީހުންނަށް އެންމެ ވޭން ބޮޑު ކަމަކަށްވާނީ، މިދުނިޔޭގެ އަރާމާއި މުއްސަނދިކަން ބީވެގެން ދިޔުމެވެ.އެމީހުން އެދެނީ ހަމައެކަނި މިދުޔެމަތީގެ މަޖާތަކެވެ. މި އެދުމުގެ ސަބަބުން އެފަދަ މީހުންނަށް މިދުނިޔެމަތީގެ މުސީބާތްތަކަށް،އެހެންމީހުން އަމަލު ކުރާހާ ރަނގަޅަކަށް ޢަމަލެއް ނުކުރެވެއެވެ. އެމީހުން ހަމަ އެކަނި ލިބިގަންނަން ބޭނުންވަނީ މިދުނިޔެ އެކަންޏެވެ. މިއީ ވަގުތީތަނެއް ކަމާއި މިތަނުގައި އެއްވެސް ޚާއްސަ ކަމެއްނެތްކަން ދެކެން އެމީހުންގެ ލޯތައް ވަނީ ނުކުޅެދިފައެވެ.
އޭ ހިތާމަޔާއި މުސީބާތުގައި ޖެހިފައިވާ މީހާއެވެ. ތިބާ ކެތްތެރި ވެއްޖެނަމަ ތިބާގެ އަތުން ގެއްލޭނެ އެއްޗެއް ނެތެވެ.ތިބާއަށް އެއްޗެއް ޙާސިލްނުވާ ކަމުގެ އިހްސާސް ވިޔަސް، ތިބާއަށް ނުހަނު ގިނަގުނަވެންވާ ދަރުމަ ދަނީ ލިބެމުންނެވެ. ދުނިޔޭގެ މުސީބާތްތައް ތަޙައްމަލު ކުރާ މީހާ ވިސްނަން ޖެހޭނީ، އޭނާ އަށް އާޚިރަތުގައި ލިބެން ހުރި ދަރުމަ ތަކަށެވެ. ކެތްތެރިވާ މީހުންނަށްޓަކައިވާ ދަރުމަ ތަކަށެވެ.
"... ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ رحمة އެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ عذاب އެވެ.(57:13)"
ނޯޓް: މި "ޑޯންޓް ބީ ސޭޑް" ފޮތުން ނަގާފައިވާ ބައެއްގެ ތަރުޖަމާއެވެ.

















ޚިޔާލު