ރާއްޖޭގެ ޚަބަރު

ސުވަރުގެ ނުވަދެވޭހާ ވަރަށް ނުބައިކޮށް ނޫޅޭ ކަމަށް ރީކޯ މޫސަ ބުނެފި

އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު | ދިއިސްލާމް ފައިލް ފޮޓޯ

ސުވަރުގެ ނުވަދެވޭހާ ވަރަށް ދޮގު ހަދައި، ނުބައިކޮށް އުޅެފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ރީކޯ މޫސާ މަނިކު ބުނެފި އެވެ.

އެމްޑީޕީން އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަމުން މޫސަ ބުނީ މީހެއްގެ އެއްޗެއް އޭނާ ކައިފައި ނޯންނާނެ ކަމަށާއި ސުވަރުގެ ނުވަދެވޭހާ ވަރަށް ނުބައިކޮށް އުޅެފައި ނޯންނާނެ ކަމަށެވެ.

ނަމާދުކޮށް، ރޯދަ ހިފައި، އަނބިމީހާ އާއި ފަހަރި ވެސް ވަކި ކުރަން އޭނާ އަށް އެނގޭ ކަމަށް ބުނެ އެވަރުން ވާނެ ނޫންތޯ، ރީކޯ މޫސަ ސުވާލުކުރި އެވެ.

އެހެންވެ އޭނާ އަށް ސުވަރުގެ ވަދެވޭނެކަން ޔަގީންވާ ކަމަށް ވެސް މޫސަ ބުންޏެވެ. އެހެން ނަމަވެސް، މޫސަ ބުނީ އަނބިމީހާ އަށް ދޮގުތަކެއް ހެދިފައި ވާނެ ކަމަށެވެ.

މިޖަލްސާގައި ވެސް މޫސަ ވަނީ ދީނީ ޢިލްމުވެރިންނަށް ހަޖޫ ޖަހާފަ އެވެ. އޭނަ ބުނީ ޝައިޚުންގެ ތާކިހާ އަޅުއްވައިގެން ރާއްޖޭގައި އުޅެނީ ދެތިން ގަމާރުން ކަމަށާއި އެމީހުންނަކީ ދައްކާ ވާހަކަ އާއި ކުރާ ކަންތައްތައް ވެސް ގޯސް ބައެއް ކަމަށެވެ.

ޝައިޚް އިލްޔާސް ހުސައިން އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަށް މޫސަ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ހިލޭ އަންހެނުންނާއެކު ގައިގޯޅިވެ ފާޙިޝް ލަވަތަކާއި ފިލްމު ކުޅެ މަޝްހޫރުކަން ހޯދާފައިވާ ރީކޯ މޫސަ މީގެ ކުރިން ވަނީ ޝައިޙް ޢިމްރާން “ފުނޑާލާނެ” ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި ޝައިޚް އިލްޔާސް ޙުސައިންގެ ފަހަތްޕުޅުގައި ނަމާދުނުކުރުމަށް ރީކޯ މޫސަ ވަނީ އެކި ފަހަރު މަތިން ގޮވާލާފަ އެވެ.

ޚަބަރާ ގުޅޭ :

“ފުނޑާލާނެ” ކަމަށް ބުނެ ރީކޯ މޫސަގެ އިންޒާރު ޝެއިޚް އިމްރާން އަށް

ޝައިޚް އިލްޔާސްގެ ފަހަތްޕުޅުގައި ނަމާދުނުކުރުމަށް ރީކޯ މޫސަ އަނެއްކާވެސް ގޮވާލައިފި

ގުޅުންހުރި

7 ޚިޔާލު

  1. ސުވަރުގެ ލިބޭތޯ އެންމެން މަސައްކަތް ކުރަނީ! އެކަމަކު ސުވަރުގެ ލިބޭނެ ކަން އަހަރުމެން ނަކަށް ނޭގޭނެ އިންސާނުންނަށް އޮތީ ސުވަރުގެ ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރުން މާތްﷲ އިރާދަ ކުރައްވާ ބަޔަކަށް ސުވަރުގެ ލިބުމުގެ ނަސީބު އޮތީ! އެކަމަކު ރީކޯ މޫސަ އަށް ހީވަނީ މަގުމަތީގައި އާއި އެހެނިހެން ތަންތަނުގައި މީހުންނާއި ދިމާއަށް ބޭނުން ހާ އެއްޗެއް ކިޔަމުން ދުވާއިރުވެސް ތިމަންނަ މިއުޅެނީ ﷲ އެންގެވި ގޮތަށޯ އެހެންވީމަ މޫސަ އަށް ސުވަރުގެ ލިބެންޖެހޭ ބުނާ ކަހަލަ ދޯ!

  2. ރީކޯ ——- ހާދަހާ ސޭކްކަން ގަދަވެއްޖެ ދޯއެވެ. މިއަދު ތިހުރީ އެންމެ ތާކިހިލެއްނޫނެވެ. ސައިޚުކަމުގެ ތާކިހަލާ ކާހިނުކަމުގެ ތާކިހާވެސް އަޅައިގެން އުޑުން ވަންކަން ކުރަނީދޯ! މީގެ ކުރިން އަހާފައިވަނީ ޖިންނިން އެހުމުން ވަންކަން ކުރަން އުޑަށް އަރައި އުޅޭވާހަަކައިން ރީކޯ އެކަން ކުރާ މިއެގުނީ 2013 ގެ އިންތިޚާބީ ހަނގުރާމައިގައެވެ. ތާރީޚުގެ ހާދިސާތައް ދައްކާފައިވަނީ ތިޔަބައިމީހުންނަށް ވެރިކަން ލިބުމީ ރާއްޖޭގެ ހަރުމުދާތައް ވިއްކައިލެވި ރާއްޖެ އަޅުވެތިކުރެވި އިސްލާމްދީނަށް ފުރައްސާރަކުރުން ފާޅުގައި ބޮޑުވާނެކަމެއްކަމެވެ. ހަމައެހެންމެ ތިޔަ ވެރިންނަށް އަނެއް ރާއްޖެހަދަށް ދިވެހިރާއްޖެ ނުލިބުމީ ތަންތަންއެންދުމާއި އަލިފާނުގެ އަރާރުންތައް އިތުރުވެ އަދާހުލިވުމުގެ ފުރުޞަތު ބޮޑުވާނެކަމެވެ. މިއޮތީ އަޅައިފި އަތަކަށް މަރެވެ. އެކަމަކު މަގޭވޯޓީ ތިބާމެންނަށް ޙަރާމެވެ. އިންޝާﷲއެވެ. އެއީ ތިބާމެންނަށް ވޯޓީދީގެން ކުރިފާފައަށް ދެވަނަ އަރަން ބޭނުންނުވާތީއެވެ.

  3. އަޅެ ޙަރާމް އެއްޗެއް ނުބޯން ކަމަށް ހުވާ ކުރަން ކެރިދާނެތޯ؟ ދޮގު ނުހަދާނަމަ ނުކެރޭނެ ހުވާކުރާކަށް ކަށަވަރު!!

  4. ސުވަރުގެއަކީ ހެވީލޯޑެއް ނޫން. އެތަނަށް ދެވޭނެ މީހުން ކަނޑަޅާނީ މާތް ﷲ.

  5. އެނގިފައި ވާގޮތުން އެހެންމީހުންހެ ޙައްގުތަކަށް އަރައިގަންނަމީހާ. އެހެންމީހުނަށް ހެޔޮކަމުން ބައިއަޅަންޖެހޭ. އެގޮތހުން އަތް ހުސްވަންދެން. ގައިމުވެސް މޫސައަކީ ކޮންމެ ޖަލްސާއެއްގަ އެހެންމީހުން ގެ ނަންކިޔާ މަސްކަމުން ނެތި މޮށެމުން ދާމީހެއް. މިކަމަށް ހުރިހާމީހުންވެސް ހެކިވާނެ. (ތާއިދުކުރާ މީހުން ފިޔަވާ) އެހެން ބުންޏަސް.

  6. އަހަންނަށް ދެރަވީ އެހާ ޔަގީންކަން އޮތް މީހަކު ތިމަންނާ ދާނީ ތިމަންނަގެ ޕާޓީއަށް ވޯޓުދޭ މީހުންވެސް ގޮވައިގެނޭ ނުބުނީމަ. އޭރުންވެސް ފަހަރެއްގައި އިތުރު ވޯޓުކޮޅެއް ލިބުނީސްތޯއްޗެ.

  7. އެހުރީ މޮޔަވެފަަ އޭނައަށް މާތްﷲ މިދުނިޔެމަތީ ގައި ގަދަފަދަ ވޭންދެނިވި ކަންތައްތަކެއް އޭނައަށް ދެއްވުމަށް ދުޢާ ކުރަން.

Your email address will not be published. Required fields are marked *