ސުވަރުގެ ނުވަދެވޭހާ ވަރަށް ދޮގު ހަދައި، ނުބައިކޮށް އުޅެފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ރީކޯ މޫސާ މަނިކު ބުނެފި އެވެ.
އެމްޑީޕީން އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަމުން މޫސަ ބުނީ މީހެއްގެ އެއްޗެއް އޭނާ ކައިފައި ނޯންނާނެ ކަމަށާއި ސުވަރުގެ ނުވަދެވޭހާ ވަރަށް ނުބައިކޮށް އުޅެފައި ނޯންނާނެ ކަމަށެވެ.
ނަމާދުކޮށް، ރޯދަ ހިފައި، އަނބިމީހާ އާއި ފަހަރި ވެސް ވަކި ކުރަން އޭނާ އަށް އެނގޭ ކަމަށް ބުނެ އެވަރުން ވާނެ ނޫންތޯ، ރީކޯ މޫސަ ސުވާލުކުރި އެވެ.
އެހެންވެ އޭނާ އަށް ސުވަރުގެ ވަދެވޭނެކަން ޔަގީންވާ ކަމަށް ވެސް މޫސަ ބުންޏެވެ. އެހެން ނަމަވެސް، މޫސަ ބުނީ އަނބިމީހާ އަށް ދޮގުތަކެއް ހެދިފައި ވާނެ ކަމަށެވެ.
މިޖަލްސާގައި ވެސް މޫސަ ވަނީ ދީނީ ޢިލްމުވެރިންނަށް ހަޖޫ ޖަހާފަ އެވެ. އޭނަ ބުނީ ޝައިޚުންގެ ތާކިހާ އަޅުއްވައިގެން ރާއްޖޭގައި އުޅެނީ ދެތިން ގަމާރުން ކަމަށާއި އެމީހުންނަކީ ދައްކާ ވާހަކަ އާއި ކުރާ ކަންތައްތައް ވެސް ގޯސް ބައެއް ކަމަށެވެ.
ޝައިޚް އިލްޔާސް ހުސައިން އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަށް މޫސަ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ހިލޭ އަންހެނުންނާއެކު ގައިގޯޅިވެ ފާޙިޝް ލަވަތަކާއި ފިލްމު ކުޅެ މަޝްހޫރުކަން ހޯދާފައިވާ ރީކޯ މޫސަ މީގެ ކުރިން ވަނީ ޝައިޙް ޢިމްރާން “ފުނޑާލާނެ” ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި ޝައިޚް އިލްޔާސް ޙުސައިންގެ ފަހަތްޕުޅުގައި ނަމާދުނުކުރުމަށް ރީކޯ މޫސަ ވަނީ އެކި ފަހަރު މަތިން ގޮވާލާފަ އެވެ.
ޚަބަރާ ގުޅޭ :
“ފުނޑާލާނެ” ކަމަށް ބުނެ ރީކޯ މޫސަގެ އިންޒާރު ޝެއިޚް އިމްރާން އަށް
ޝައިޚް އިލްޔާސްގެ ފަހަތްޕުޅުގައި ނަމާދުނުކުރުމަށް ރީކޯ މޫސަ އަނެއްކާވެސް ގޮވާލައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...