ޒަކާތު ފަންޑު ބަލަހައްޓަން އެމްއެމްއޭ ބައިވެރިވުމަކީ އިތުބާރު ދެމެހެއްޓޭނެ ކަމެއް: ވަޒީރު ޝަހީމް

ޒަކާތު ފަންޑު ބަލަހައްޓަން އެމްއެމްއޭ ބައިވެރިވުމަކީ އިތުބާރު ދެމެހެއްޓޭނެ ކަމެއް: ވަޒީރު ޝަހީމް
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ރާއްޖޭގެ ޒަކާތު ފަންޑު ބެލެހެއްޓުމުގެ ކަންކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައިވެރިވުމަކީ މި ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސް އާއި އެމްއެމްއޭއާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ޒަކާތުގެ ކަންކަން ބެލެހެއްޓުން އެމްއެމްއޭއާ ހަވާލުކުރެވިގެން ދިއުމަކީ ނިޒާމަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. "މިފަންޑު ބަލަހައްޓާނީ ވަކި ޚާއްޞަ އެކައުންޓެއްގައި ވަކި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުން އެމްއެމްއޭއިން މިފަންޑު ބެލެހެއްޓުމަކީ، މިނިޒާމާ މެދު އިތުބާރު ދެމެހެއްޓުމަށް އެޅުނު މުޙިއްމު ފިޔަވަޅެއް،" ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ޒަމާނީކޮށް، ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ މުހިއްމު މަރުހަލާއެކެވެ.

ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ ޤާނޫނެއް އެކުލަވާލައި، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވާފައެވެ. ޒަކާތު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޒަކާތު ފަންޑު ބަލަހައްޓަން ޖެހެނީ ދައުލަތުގެ ޕަބްލިކް އެކައުންޓާ ވަކިން، އެމްއެމްއޭގައި ޤާއިމުކުރާ ޚާއްޞަ ފަންޑެއްގައެވެ. މިކަން ކުރަން ޖެހެނީ މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

މީގެ އިތުރުން، ޒަކާތު ފަންޑުގައި ހުންނަ ފައިސާ އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް، އެއިން ރަނގަޅު ފައިދާއެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިއީ ޒަކާތުގެ ބައިތައް އިތުރުކޮށް، އޭގެ މަންފާ އެންމެ އެދެވޭ ގޮތެއްގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.