ރާއްޖޭގެ ޚަބަރު "ފުނޑާލާނެ" ކަމަށް ބުނެ ރީކޯ މޫސަގެ އިންޒާރު ޝެއިޚް އިމްރާން އަށް

"ފުނޑާލާނެ" ކަމަށް ބުނެ ރީކޯ މޫސަގެ އިންޒާރު ޝެއިޚް އިމްރާން އަށް

"ފުނޑާލާނެ" ކަމަށް ބުނެ ރީކޯ މޫސަގެ އިންޒާރު ޝެއިޚް އިމްރާން އަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ ރައީސް އައްޝެއިޙް އިމްރާން އަބްދުﷲ “ފުނޑާލާނެ” ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ފޮރިން އިންވެސްޓަރުންގެ ހިމާޔަތުގައި އެމްޑީޕީއިން ތިބިކަން ހާމަކުރުމުގެ ގޮތުން އެޕާރޓީއިން ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ރީކޯ މޫސާ ވިދާޅުވީ ޖީއެމްއާރެއް ނުގެންދެވޭނެކަމަށާއި ޝެއިޚް އިމްރާން "ފުނޑާލާނެ" ކަމަށާއި އަދި މި ސަރުކާރުވެސް "ފުނޑު ފުނޑު އަރުވާ" ލާނެކަމަށެވެ.

“އިމްރާން ކައިރީގައި ގޮންޖަހާފައި މިދަންނަވަނީ، ޖީއެމްއާރެއް ނުގެންދެވޭނެ، ފުނޑާލާނަމޭ މިދަންނަވަނީ، ސަރުކާރު ފުނޑު ފުނޑު އަރުވާލާނަން. ބަޣާވާތަކުން ގެނެސް އަނިޔާކުރަމުން ކުރަމުން ގޮސް މިތިބީ، އެކަމަކު އަޅުގަނޑުމެން ފުނޑާލާނީ ވަރަށް ރީއްޗަށް.” ރީކޯ މޫސަ އިތުރަށް ވިދާޅުވި އެވެ.

ރީކޯ ރޭ ވަނީ ވާހަކަފުޅުދައްކަވަމުން އޭނާގެ ދަނބިދަރިފުޅު ޖާވިދު އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާތީ އެކަމާއި ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ. އަދި އެއްވެސް މީހަކު އޭނާގެ އާއިލާގެ މީހުންނާއި ނުބެހުމަށް އިންޒާރުދެއްވާފައެވެ. އަދި އާޓިފިޝަލް ބީޗަށް އެއްވެގެން ކޮންމެ ރެއަކު މަރަން ގޮވާތާ އެތައް ދުވަހެއްވީއިރު ވެސް ފުލުހުންނާއި ސިފައިންނަށް އެކަމާއި މެދު ފިޔަވަޅު އެޅިފައިނުވާ ކަމަށެވެ.

“އަޅުގަނޑު އިމްރާން ކައިރީގައި ބުނަން އޮތީ މިހިރީ މާލެ ފަސްމަތީގައި އޭ، ރާޅުގަނޑު ސަރަހައްދުގައި އޭ، އާދެބަލާށޭ ދޯނި ގަނޑަކަށްލާފައި ބޭރު އަރުވާލާނީ ކޮޅުފުއްޓާއި ދިމާލަށޭ، މިދަންނަވަނީ ޔަގީންކަމާއި އެކު، އާއިލާ މީހަކާއި ދިމާލަށް އެއްޗެއް ބުނެލިޔަސް އިމްރާން އިންނަން ޖެހޭނީ ހަމަ ހަގީގަތުގައި ވެސް ބަރަހަނާކަންމަތީގައި ވާދޫ ކަނޑުން ބޭރުގައި ރިޔާ ދޯންޏެއްގައި ބަހައްޓާފައި.” މޫސަ ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގައި ފުލުހުންކުރަމުން އަންނަ ތަހުގީގަށް ފާޑު ވިދާޅުވެ މޫސަ ވިދާޅުވީ ކުރިން ފުލުހުން ބުނަމުން އައީ އަފްރާޝީމްގެ މަރުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ނަމަވެސް މިހާރު އެއީ ސިޔާސީ ކަމެއް ކަމަށް ބުނަމުންދާއިރު އެސިޔާސީ ކަންތައް ރައްޔިތުންނަށް އޮޅުން ފިލުވާދޭންޖެހޭނެ ކަމަށެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ފުލުހުން ވަނީ އިއްޔެ ހާމަ ކޮއްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.