ރާއްޖޭގެ ޚަބަރު

އަބުރުގެ ދައުވާއަށް ޖަވާބުދާރީވުމަށް 15 ދުވަހުގެ ފުރުސަތެއް އިބްރާހީމް ފައުޒީއަށް ދީފި

ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީގެ މައްޗަށް ކުރި އަބުރާބެހުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ދައުވާއަށް ޖަވާބުދާރީވުމަށް އިބްރާހީމް ފައުޒީއަށް 15 ދުވަހުގެ ފުރުސަތެއް ދީފިއެވެ.

އިބްރާހީމް ފައުޒީގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފައިވަނީ ޝެއިޚު ފަރީދު އަދި ނޫރުލް ގުރުއާން ކުލާސްގެ ވެރިޔާ މުޙައްމަދު ފައުޒީގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި މީޑިއާތަކަށް އިންޓަވިއު ދީފައިވާތީއެވެ.

އަބުރާއި ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 3،045،000ރ. ނަގައިދިނުމަށް ސިވިލް ކޯޓްގައި އެދިފައިވާއިރު މިއަދުގެ ޝަރީއަގައި ޝެއިޚު ފަރީދު އާއި މުޙައްމަދު ފައުޒީގެ ވަކީލު މުހައްމަދު ޝާނީޒު އަބްދުﷲ ދައުވާ ހުށަހެޅުއްވުމުން ވިދާޅުވީ ޝެއިޚު ފަރީދު އަކީ އިސްލާމިކް ފައުންޑޭޝަންގެ މެމްބަރެއް ނޫންކަމަށާއި ނަމަވެސް އެކިފަރާތްތަކުން އެ ޖަމްއިއްޔާ އަށް ދީފައިވާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ފަރީދު ޚިޔާނާތްތެރިވެފައިވާތީ ކަމަށް ބުނެ އޭނާ އެ ޖަމްއިއްޔާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ އިބްރާހީމް ފައުޒީ މީޑިއާތަކަށް ދޮގު އިންޓަވިއުއެއް ދީފައިވާ ކަމަށެވެ.

އަދި ފަރީދު އަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ އިލްމުވެރިއަކަށް ވާތީ އިބްރާހީމް ފައުޒީ މީޑިއާތަކަށް ދެއްވި އިންޓަވިއުގެ ސަބަބުން ޝައިޚް ފަރީދުގެ ގަދަރަށް އުނިކަމެއް އައިސްފައިވާ ކަމަށް ވެސް ޝާނީޒު ވިދާޅުވިއެވެ.

ޝާނީޒު އިތުރަށް ވިދާޅުވީ އިބްރާހީމް ފައުޒީ މީޑިއާތަކަށް ދެއްވި އިންޓަވިއުގެ ސަބަބުން ޝައިޚު ފަރީދު އާއި އިސްލާމިކް ފައުންޑޭޝަންގެ ކުރީގެ ނާއިބް ރައީސް މުޙައްމަދު ފައުޒީ އެ ދެ ބޭފުޅުންގެ އާއިލާއާއި ރައްޓެހީންގެ ކުރިމަތީގައި ލަދުވެތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެކަމުގެ ސަބަބުން ނޫރުލްގުރުއާން ކުލާހާ މެދު އާންމުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި އަދި އިބްރާހީމް ފައުޒީ އަކީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކަށް ވާތީ އެކަމުގެ ސަބަބުން ވެސް ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޝާނީޒު ވިދާޅުވިއެވެ.

ދައުވާ ހުށަހެޅުއްވުމުން އިބްރާހީމް ފައުޒީގެ ވަކީލު ވިދާޅުވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް އެދިފައި ވަނީ ފައިސާގެ ބޮޑު އަދަދެއް ކަމަށާއި އެހެންކަމުން ދައުވާ އަށް ޖަވާބުދާރީވުމަށް 15 ދުވަހުގެ ފުރުސަތަކަށް ބޭނުންވާކަމަށެވެ.

އިބްރާހީމް ފައުޒީގެ ވަކީލު  15 ދުވަހުގެ ފުރުސަތަކަށް އެދިފައިވާއިރު ގާޒީ އަބްދުﷲ ޖަމީލު މޫސާ ވަނީ އިބްރާހީމް ފައުޒީގެ ވަކީލު އެދިވަޑައިގަތް ގޮތަށް ދައުވާއަށް ޖަވާބުދާރީވުމަށް 15 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.

ގުޅުންހުރި

6 ޚިޔާލު

  1. އިބްރާހީމް ފައުޒީ ﷲއަށް ބިރުވެތިވުމަށް އަޅުގަނޑު ގޮވާލަން.

  2. އަޅުގަނޑުމެންގެތެރޭގައި ވަރަށް ގިނަ އަޚުން ދައްކާ ވާހަކައެއް އެއީ އިބްރާހީމް ފައުޒީއަކީ އެމެރިކާގެ އޭޖެންޓެކޭ. އެކަމަށް ބައެއް ޝައްކުތައްވެސް ފެންމަތިވެފައި ހުރީ.

  3. އިބްރާހީމް ފައުޒީގެ ބެލެނިވެރިކަމުގެ ދަށުން އިންޓާނެޓް ގައި ބައެއް މަޝްހޫރު ޝައިޚުންނާއި ބެހޭގޮތުން ވަރަށް ފާޑުފާޑުގެ ލިޔުންތައް ލިޔެފައިވާކަމަށް އިސްލާމިކް ފައުންޑޭޝަންގައި އޭރުގައި މަސައްކަތް ކުރި ކުއްޖަކު އޭނާގެ ފޭސްބުކް ޕޭޖުގައި ވަރަށް ތަފްޞީލުކޮށް ލިޔެފައިވޭ. މިއީ ޤަބޫލު ކުރަންވެސް އުނދަގޫ ކަންތައްތައް.

    ވީމާ އެންމެހައި މުސްލިމުންނަށް އަޅުގަނޑު ދޭނޭ ނަޞޭޙަތަކީ އަދި އަޅުގަނޑުގެ ވަޞިއްޔަތަކީ މުސްލިމަކާއި ބެހޭގޮތުން އަދި ޚާއްޞަކޮށް ދީނީ ޢިލްމުވެރިއަކާއި ބެހޭގޮތުން ނުޙައްޤުން އެއްޗެތި ކިޔައި އޭނާ ފަޟީޙަތް ނުކުރާށޭ. އެކަން ކޮށްފިނަމަ އެކަން އެކުރާ މީހަކު ދުނިޔެމަތީގައި ﷲ ފަޟީޙަތް ކުރައްވާނެޔޭ. ފައުޒީއަށް އެވީ އެހެންކަމަށް ބެލެވެނީ.

  4. މީސްމީހުންނާއި ދިމާލަށް ތަނެއްދޮރެއް ނުބަލާ ވަގަށް ގޮވައި، ޢިލްމުވެރިންނަށް ބަދުބަސް ބުނާ މީހަކު މިސްކިތެއްގެ އިމާމަކަށް ހުރުމަކީ އެކަށީގެންވާ ކަމެއް ނޫން. ވީމައި އޭނާގެ ފަހަތަށް މުސްލިމުން ނަމާދަށް އެރުމާއިމެދު ވިސްނަން ޖެހޭ. ހެޔޮ ތަޤުވާވެރި އިމާމުންގެ ފަހަތުގައި ނަމާދު ކުރުމަށް އެންމެހައި ދިވެހި މުސްލިމުނަށް ގޮވާލަން.

  5. މީހަކު ބޭޒާރު ކުރުމުގެ ކުރިން ތިމާގެ ގަމީހުގައި ހޭކިފައިހުރީ ކޮންއެއްޗެއްތޯ ވިސްނަވާ ބައްލަވާށެވެ!. ވަރަށް ސަލާމް

  6. ހީވަނީ ފައުޒީއާ އެހެން ގޮތަކަށް ޖައްސާލައިގެން އުޅޭހެން. ތިޔަފައުޒީއެއް އަހަރެންވެސް ދަންނަން، އޭނައަކީ ހީވާގި، ކެރޭ، ރަނގަޅު މުދިމެއް.
    ޝެއިޚްވެސް ދެންދޯ…

Your email address will not be published. Required fields are marked *