މާދަމާރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވާނީ ޑރ މުޙައްމަދު ޢަލީ އަދި އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން އިތުރަށް ހާމަކުރާގޮތުގައި ޑރ މުޙައްމަދު ޢަލީ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ “އުޑާއި ބިން އުފެއްދެވުން ޤުރުއާނާއި ސައިންސް އަލީގައި” އަދި ޝައިޚް ނަޝީދު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުލޫއަކީ "ސުންނަތާއިމެދު ޒަމާނީ ފިކުރުތައް" ކަމަށެވެ.
މީގެ އިތުރުން އިހްޔާ ފޯރަމު އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހަދިޔާއެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، ގުރުއަތުން ހޮވޭ ދެ ބޭފުޅަކަށް ރިޔާޟު ޞާލިހީންގެ ދިވެހި ތަރުޖަމާ އަދި 8 ބޭފުޅަކަށް ފިޤްހު ސުންނާ 1،2 ލިބިވަޑައިގަންނަވާނެ ކަމަށްވެސް އިސްލާކްމިނިސްޓްރީ އިން ހާމަކުރެއެވެ.
މި ފޯރަމް ޓީވީއެމްއިންނާއި ދިވެހިރާއްޖޭގެ އަޑުން ލައިވް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

















advertisment
ޚިޔާލު