ﷲ ތަޢާލާގެ މަގުން އެއްކިބާ ކުރުމަށް ޒުވާނުންނަށް ރާވައިގެން އަޅުގަނޑުމެންގެތެރޭގައި ހިންގަމުންގެންދާ މަސައްކަތްތަކަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ޝައިޚް ފިކުރީ މިހެން ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފާއި ސަންއެފްއެމް ގުޅިގެން ގެނެސްދޭ ޢިލްމީ ޚަޒާނާގެ މިދިޔަ އަންގާރަ ދުވަހުގެރޭ ގެ ޕްރޮގްރާމުގައި އެހުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެމުންނެވެ.
ޝައިޚް ފިކުރީ އިތުރަށް ވިދާޅުވީ ހުރިހައި ނަބީ ބޭކަލުންގެ ގޮވާލުމަކީވެސް ﷲ ސުބުޙާނަހޫ ޥަތަޢާލާ އަށް އަޅުވެތިވުމާއި އެކަލާނގެ ޢަޛާބަށް ބިރުވެތިވުމުގެ ވާހަކަ ކަމަށާއި ﷲ ތަޢާލާގެ މަގުން އެއްކިބާ ކުރުމަށް ޒުވާނުންނަށް ރާވައިގެން ހިންގާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޖީލު ނެތި ފަނާވެ ހަލާކުވެގެން ހިނގައިދާނެކަމަށެވެ.
ޒުވާނުންނަކީ ޣާފިލުވެފައި ތިބި ބައެއްކަމުގައި ހަދައިގެން ނުނީ ޔަހޫދީންނާއި ޔަހޫދީންނާއި ގުޅިފައިވާ މީސްތަކުންގެ ޕްރޮޕެގެންޑާ މުސްލިމުންގެ ތެރޭގައި ފަތުރަން އުނދަގޫ ވާކަމަށާއި އެހެންވެ އެކަމަށް އޮތް ހަމައެކަނި ވަޞީލަތަކީ ޒުވާން ޖީލު ނައްތާލުން ކަމަށް ވެސް ޝައިޚް ފިކުރީ ވިދާޅުވިއެވެ.

















advertisment
ޚިޔާލު