މިދިޔަ ފަހަރާ ހިލާފަށް މި ފަހަރު އީދު ނަމާދު ކުރުން އޮންނާނީ ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މނިސްޓްރީގެ ޕާމަނެންޓް ސެކެއްޓަރީ މުޙައްމަދު ދީދީ އެމްބީސީ ޓީވީއެމްގެ މިވަގުތު ޕްރޮގުރާމްގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ ކުރިން ފަހަރާ ހިލާފަށް މިފަހަރު އީދު ނަމާދު ޖަމާއަތުގެ ބޮޑު ބައެއް އޮންނާނީ ޓާފް ދެ ދަނޑުގައި ކަމަށާއި ފަހަތުގައި އޮންނަ ވެހިދަނޑުގައި ކަމަށެވެ.
އެހެންކަމުން ނަމާދަށް ވަޑައިގަންނަ ބޭފުޅުން މުސައްލަ ހިފައިގެން ވަޑައިގަތުމަށް އެދޭކަމަށް މުޙައްމަދު ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން އީދު ނަމާދު 07:30 ގައި ކުރާއިރު ނަމާދަށް ކުރީ ބައިގައި ވަޑައިގަތަތުމަށާއި ފައިމަދުގައި ވަޑައިގަތުމަށް ވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
އީދު ނަމާދުގެ ތައްޔާރީ ތަކާއި ބެހޭ މައުލޫމާތު ހޯދުމަށާއި ވޮލެންޓިއާކޮށް އެހީތެރިވުމަށް އެދޭ ފަރާތް ތަކުން 7994222 އާ ގުޅުއްވައި އެކަން ކުރިއަށް ގެންދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

















advertisment
ޚިޔާލު