ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން މި ރޯދަ މަހު ބޭއްވި މަދަޙަ މުބާރާތުގެ އެއްވަނަ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ހޯދައިފި އެވެ.
ދެވަނަ ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހޯދާފައި ވާއިރު ތިން ވަނަ ލިބިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސްއަށެވެ.
ޤައުމީ ޔުނިވާރސިޓީގެ 8 ފެކަލްޓީ އަކާއި އަމިއްލަ 2 ކޮލެޖަކުން ބައިވެރިވި މި މުބާރާތުގައި އެއްވަނަ ހޯދާފައިވަނީ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ އަބްދުﷲ ރަޝީދާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ފާތިމަތު ޝާލިޔާ އެވެ.
35 އަންހެން ދަރިވަރުންނާއި 17 ފިރިހެން ދަރިވަރުން ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު އަމިއްލަ ޅެމަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރު މުޙައްމަދު ނަސީމްގެ މަދަހައިގެ ޅެމެވެ.
ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޝަރަފްވެރި މެހުމާނު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޑިރެކްޓަރު ޝައިހު އަބްދުލް އަޒީޒު ހުސައިން ވިދާޅުވީ ޤައުމީ ޔުނިވާރސިޓީގެ ކުރު ތާރީޚުގައި މިފަދަ މުބާރާތެއް ބޭއްވިގެން ދިޔަކަމީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙު އާލާވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
މީގެ އިތުރުން މި ފަދަ މުބާރާތްތަށް ބާއްވައި ރަސޫލާއަށް ލޯބިކުރަމޭ ދުލުން ބުނުމަކުން ނުފުދޭނެ ކަމަށާއި އެކަން އަމަލުން ދައްކަން ޖެހޭނެކަމަށް ވެސް ޝައިހު އަބްދުލް އަޒީޒުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

















advertisment
ޚިޔާލު