ރާއްޖޭގެ ޚަބަރު

ބުރާސްފަތި ދުވަހުގެރޭ ފޯރަމްގައި ތަޤްރީރު ކުރައްވާނީ ޝައިޚް ސަމީރު

އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް | ދިއިސްލާމް ފައިލް ފޮޓޯ

ބުރާސްފަތި ދުވަހުގެރޭ ފޯރަމްގައި ތަޤްރީރު ކުރައްވާނީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން އިތުރަށް ހާމަކުރާގޮތުގައި ޝައިޚް ސަމީރު  ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ “ރިޝްވަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުން” މި މަޢުޟޫކަމަށާއި ފޯރަމް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 09:30 ގައި ކަމަށެވެ.

މީގެ އިތުރުން އިހްޔާ ފޯރަމު އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހަދިޔާއެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، ގުރުއަތުން ހޮވޭ ދެ ބޭފުޅަކަށް ރިޔާޟު ޞާލިހީންގެ ދިވެހި ތަރުޖަމާ އަދި 8 ބޭފުޅަކަށް ފިޤްހު ސުންނާ 1،2 ލިބިވަޑައިގަންނަވާނެ ކަމަށްވެސް އިސްލާކްމިނިސްޓްރީ އިން ހާމަކުރެއެވެ.

މި ފޯރަމް ޓީވީއެމްއިންނާއި ދިވެހިރާއްޖޭގެ އަޑުން ލައިވް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *