ހިތަދޫ މިސްކިތްތަކުން ޤުރުއާނުގެ އަޑު ކަނޑުވާލަން އަންގާފައި ނުވާނެކަމަށް ބުނެ އައްޑޫ ސިޓީގެ ކައުންސިލުން ދައްކާވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ޝައިޚް އަނީލް ވިދާޅުވީ ސިޓީ ކައުންސިލުން ހަމއެކަނި އެންގީ ހިތަދޫ މިސްކިތްތަކުން ޤުރުއާންގެ އަޑު ކޮންޓްރޯލް ކުރަން ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މުދިމުން ލައްވައި ސޮއިކުރި ލިޔުމުގައި ބުނެފައި ވަނީ މައިކް ބޭނުންކުރެވޭނީ ބަންގި ގޮވުމަށާއި ހުކުރު ހުތުބާ ކިޔުމަށާއި ދަރުސްދިނުމަށް އެކަނި ކަމަށެވެ.
މިކަން މިހެން އޮތުމުން ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކޮށް މިފަދަ ކަންތައްތައް ނިންމާއިރު ދީނީ ޢިލްމުވެރިންނަށް މަޝްވަރާ ކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި މިކަން އިސްލާހު ކުރާނެކަމަށް ކައުންސިލުން ބުނެފައިވާ ކަމަށް ވެސް ޝައިޚް އަނީލް ވިދާޅުވިއެވެ.
"ނަމަވެސް މިއަދާ ހަމައަށް ފެނިގެން ގޮސްފައިވަނީ ކައުންސިލްގެ ނިންމުން ދިފާޢުކޮށް މީޑިއާގައި ދޮގު ވާހަކަތައް ފަތުރައި އޮޅުވާލަން މަސައްކަތްކުރާ ތަން" ޝައިޚް އަނީލް ވިދާޅުވިއެވެ.
"ފުރަތަމަ ބުނީ ތަރާވިޙް ނަމާދުކުރާއިރު މައިކް ބޭނުންކުރިއަސް މައްސަލައެއް ނެތް ކަމަށް.. ނަމަވެސް ދަމުނަމާދު ކުރާއިރު ބޭނުން ނުކުރުމަށް.. މިހާރު އެބުނަނީ އެފަދަކަމެއް އަންގާފައި ނުވާނެކަމަށް" ޝައިޚް އަނީލް ވިދާޅުވިއެވެ.
ޝައިޚް އަނީލް އިތުރަށް ވިދާޅުވީ ލައުޑް ސްޕީކަރުތަކުން މާބާރަށް ނަމާދު ފޮނުވާތީ، ކައިރީގައި ހުންނަ މިސްކިތްތަކުގައި ނަމާދުކުރާ މީހުންނަށް އޮޅުން އަރާ ބައެއް ފަހަރު ނުބައި ހަރަކާތް ކުރެވިފައިވާ ކަމާއި އެކަމާ އުނދަގޫވާކަމުގެ ޝަކުވާ ކައުންސިލްގެ އިދާރާއަށް ލިބިފައިވާކަށް ބުނެ ލައުޑު ސްޕީކަރު ބޭނުންކޮށްގެން ނަމާދު ނުކުރުމަށް އަންގާފައިވާއިރު، ސިޔާސީ ޕާޓީތަކަށް ރޭގަނޑު 11 ޖަހަންދެން ލައުޑް ސްޕީކަރު ބޭނުން ކޮށްގެން ލަވަޖެހުމުގެ ހުއްދަ ދީފައި ވާކަމަށެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ކަމުގެ ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތާ މެދު ހިތާމަކުރާކަށް ވެސް ޝައިޚް އަނީލް ވިދާޅުވިއެވެ.

















advertisment
ށ.ކަނޑިތީމުގެ މިސްކިތުންވެސް މިހާރަކު ނީވޭ ޤްރުއާން ކިޔަވާ އަޑެއް. ކުރިން އިވޭ، ހީވަނީ ކައުންސިލް އިން އެންގީހެން. އަޅެ ދި އިސްލާމް އިން ބަލާލަބަލަ.
އަނީލް އެބުނަނީ ތެދު ވާހަކައެއްކަމަށް ޤަބޫލުކުރެވޭ. އެއީ ވަރަށް ރަގަޅު ، ދީންވެރި ، ތެދުވެރި ، އަދި އެހާމެ އޯގާތެރި ކުއްޖެއް. އެކަން ވަރަށް ކައިރިން ފެނިފައި ހުރީމަ. ﷲގެ އިރާދަފުޅާއެކު އަނިލްއާ ދިމާވެފައިވަނީވެސް އެންމެ މާތް ބިން ، (މައްކާ ، މަދީނާ) އިން. އަނިލް އަކީ އިސްލާމް ދީނަށް ލޯބިކުރާ ، މުސްކުޅި ނިކަމެތިންނަށްވެސް އެހާ އޯގާތެރި ރަގަޅު ކުއްޖެއް. އޭނާ ، މިވަރު ކަމެއްގައި ދޮގެއް ނަހަދާނެ.
އަނީލް އެބުނަނީ ތެދު ވާހަކައެއްކަމަށް ޤަބޫލުކުރެވޭ.
އަނިލް އަކީ ދީން ދެކެ ލޯބިވާ ރަގަޅު ކުއްޖެއް. އަނީލް އެބުނަނީ ތެދު ވާހަކައެއްކަމަށް ޤަބޫލުކުރެވޭ. އެއީ ވަރަށް ރަގަޅު ، ދީންވެރި ، ތެދުވެރި ، އަދި އެހާމެ އޯގާތެރި ކުއްޖެއް. އެކަން ވަރަށް ކައިރިން ފެނިފައި ހުރީމަ. ﷲގެ އިރާދަފުޅާއެކު އަނިލްއާ ދިމާވެފައިވަނީވެސް އެންމެ މާތް ބިން ، (މައްކާ ، މަދީނާ) އިން. އަނިލް އަކީ އިސްލާމް ދީނަށް ލޯބިކުރާ ، މުސްކުޅި ނިކަމެތިންނަށްވެސް އެހާ އޯގާތެރި ރަގަޅު ކުއްޖެއް. އޭނާ ، މިވަރު ކަމެއްގައި ދޮގެއް ނަހަދާނެ.
އަނިލް ކޮއްކޮޯ…އަހަރުމެންނަށް ނޭގޭ ބަޔަކު ނެތް ކައުންސިލަކު. އެމީހުން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ. ދެން މަހެއްހާ ދުވަސް ފަހުން ނަތީޖާ ލިބޭ އިރު ފެއިލްވީމާ އަލިފާން ހިފައިގެން ދުއްވައިގަންނާނީ. ކީއްތަވާނީ އެމީހުން ހޮވަން އުޅޭ މީހަކު ހޮވޭތޯ މި ރަމޡާން މަހު ނަމާދުކޮށް ދުއާއެއް ކުރިއްޔާ !!
ޝައިޚް! ޙަޤީޤަތުގައި މުޅި ސަރަޙައްދަށް އަޑު އިއްވުމުގެ ބޭނުމަކީ ކޮބާތޯ؟ އަޑުއަހާނެވަރުގެ ތަޤުވާވެރި ބަޔަކު ތިބީތޯ؟ އެހެން ކަންތައްތައް މިޘާލް ޖެހުމަށްވުރެ ، މިކަހަލަ ޒަމާނެއްގައި އެކަންއޮންނަ ގޮތަށް ކޮށްލީމަ ނިމުނީ. 11 ނުވަތަ 12 ޖަހަންދެން ސިޔާސީ ފެލިއެރުވުން އޮތުން ހުއްދައެއް ނޫން މައްސަލައަކީ.
ފުރުޤާން މިސްކިތުގެ ބަންގި ގޮވާ އަޑާއި މިސްކިތުން ކިޔަވާ އަޑު ވަރަށް މަޑުވެއްޖެއެވެ. މީގެ މިކަން ފާހަގަ ކުރެވިގެން އިޝާ ނަމާދު ބަންގި ގޮވާ ގަޑީގައި މާފަންނު ސްޓޭޑިއަމް ކައިރިއަށް ގޮސް ހުރީމެވެ. ހަމަ ކިރިޔާ ބަންގީގެ އަޑި އިވޭކަމެވެ. ކުރީގައި އެސަރަޙައްދުން 5 މިނިޓް ވެގެން ދާއިރުވެސް އެމިސްކިތަކުގެ ބަްގީގެ އަޑު ނުކެނޑޭއެވެ. މިކަން އަމިއްލަ އަށް ހުރިހާ ބޭފުޅުން ބެލުމަށް އެދމެވެ. މިއީކީ އިއްތިފާގެއް ނޫނެވެ. މިކަން ދިއިސްލާމަުން ބަލާދިނުމަށް ނުހަނު ބޮޑަށް އެދެމެވެ./