ރާއްޖޭގެ ޚަބަރު

"ދިރިއިޅުމުގެ މަޤުޞަދު" މިނަމުގައި ޢަރަބިއްޔާ ސްކޫލުން ދަރުސްއެއް ބާއްވަނީ

"ދިރިއިޅުމުގެ މަޤްޞަދު" މިނަމުގައި ޢަރަބިއްޔާ ސްކޫލު ބޯޑުން އިންތިޒާމް ކޮށްގެން ދަރުސްއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޢަރަބިއްޔާ ސްކޫލުގެ ބޯޑުން ހާމަކުރާ ގޮތުގައި މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ރޭ 21:30 ގައި ޢަރަބިއްޔާ ސްކޫލުގައި ކަމަށެވެ.

މީގެ އިތުރުން މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކަމަށާއި މިދަރުސް އެ ސްކޫލުގެ ދަރިވަރުންނަށް ޙާއްޞަ ކޮށްފައި ވީނަމަވެސް ދަރުސް އަޑުއެހުމަށް އާއްމުންނަށް ވަޑައިގަނެވޭނެކަމަށް ވެސް ޢަރަބިއްޔާ ސްކޫލުގެ ބޯޑުން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *