ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނަށް ފިޤްހު ސުންނާ ގެ ދިވެހި ތަރުޖަމާ %50 ޑިސްކައުންޓާއެކު ގަންނަން ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ފިޤްހު ސުންނާ އާއްމުންނަށް ވިއްކުމަށް ހަމަޖެހިފައިވާ އަގަކި 100 ރުފިޔާ ކަމަށާއި ނަމަވެސް ތަޢުލީމް ހާސިލުކުރާ ދަރިވަރުންނަށް އެދަރިވަރަކު ތައުލީމް ހާސިލު ކުރާ ތަނެއްގެ ސްޓޫޑެންޓް ކާޑް ދެއްކުމުން 50 ރުފިޔާއަށް ލިބިގެން ދާނެކަމަށެވެ.
އަޒްހަރު ޔުނިވަރސިޓީގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް އަލްއުސްތާޛް އަލްމަރުޙޫމް ޞައްޔިދު ޞާބިޤު ލިޔުއްވާފައިވާ “ފިޤުހުއްސުއްނާ” ގެ ދެ ވޮލިއުމްއެއް މިހާރު ވަނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައެވެ.
”ފިޤްހުއް ސުއްނާ” މި ފޮތަކީ ފިޤުހުގެ އެންމެހާ ބާބުތަކުގެ މައްޗަށް ތަރުތީބު ކުރެވިފައިވާ، އަޅުކަމާއި، މާލީ މުޢާމަލާތާއި، ވިޔަފާރިއާއި، ހެއްކާއި، ޤަރީނާ އާއި، ކައިވެއްޔާއި ވަރިއާއި، ޖިނާޔަތާއި، ފަނޑިޔާރުކަމާއި، މިފަދަ އެތައް އެތައް މުޙިންމު ފިޤުޙީ ބާބުތަކަށް ތަރުތީބު ކުރެވިފައިވާ، އަދި މިފަހުގެ ޤަރުނުގައި ލިޔެވިފައިވާ އެންމެ މަޝްހޫރު ފިޤްހު ފޮތްކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

















advertisment
މި ފޮތް ލިބޭނީ ކޮންތާކުން؟
މިފޮތް ލިބޭނީ ކޮންތާކުން؟