ރާއްޖޭގެ ޚަބަރު

މާދަމާރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވާނީ ޑރ އިބްރާހިމް ޒަކަރިއްޔާ

ޑރ އިބްރާހިމް ޒަކަރިއްޔާ | ދިއިސްލާމް ފައިލް ފޮޓޯ

މާދަމާރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވާނީ ޑރ އިބްރާހިމް ޒަކަރިއްޔާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން އިތުރަށް ހާމަކުރާގޮތުގައި ޑރ ޒަކަރިއްޔާ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ "ޒިންމާދާރުވުން" މި މަޢުޟޫކަމަށާއި ފޯރަމް އޮންނާނީ މާދަމާރޭ 09:30 ގައި ކަމަށެވެ.

މީގެ އިތުރުން އިހްޔާ ފޯރަމު އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހަދިޔާއެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، އަދި ގުރުއަތުން ހޮވޭ ދެ ބޭފުޅަކަށް ރިޔާޟު ޞާލިހީންގެ ދިވެހި ތަރުޖަމާ އަދި 8 ބޭފުޅަކަށް ފިޤްހު ސުންނާ 1،2 ލިބިވަޑައިގަންނަވާނެ ކަމަށްވެސް އިސްލާކްމިނިސްޓްރީ އިން ހާމަކުރެއެވެ.

މި ފޯރަމް ޓީވީއެމްއިންނާއި ދިވެހިރާއްޖޭގެ އަޑުން ލައިވް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *