ރާއްޖޭގެ ޚަބަރު

"ރަމަޟާންމަހަށް ފަހު ހެޔޮކަންމަތީ ސާބިތުވުން" މިނަމުގައި އައްޑޫ ސިޓީގައި ރޯޑް ޝޯވްއެއް ބާއްވަނީ

"ރަމަޟާންމަހަށް ފަހު ހެޔޮކަންމަތީ ސާބިތުވުން" މިނަމުގައި އައްޑޫ ސިޓީގައި ރޯޑް ޝޯވްއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ރޯޑް ޝޯވްއާ ބެހޭގޮތުން މިކަން އިންތިޒާމްކުރާ ނޫރުލް އިސްލާމްއިން ހާމަކުރާގޮތުގައި މި ހަރަކާތް ކުރިއަށް ގެންދަނީ 2 އޮގަސްޓް 2013 ވާ ހުކުރުދުވަހުގެ ހަވީރު 04:30 ހުން 05:45 ކަށް އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި ކަމަށެވެ.

މި ހަރަކާތުގެ މަގުސަދަކީ އިސްލާމްދީނާ މެދު މީހުން ހޭލުންތެރިކުރުވާ ރަމަޟާން މަހަށް ފަހު ހެޔޮގޮތުގައި ސާބިތުވެ ހުރުމަށް އެހީތެރިވެ ދިނުންކަމަށް ވެސް ނޫރުލް އިސްލާމްއިން ހާމަކުރެއެވެ.

މީގެ އިތުރުން މި ރޯޑް ސޯވް ގައި ދީނީ މަޢުލޫމާތު ދިނުމާއި ލީފްލެޓް ބެހުމާއި ބައިވެރިވާ ފަރާތް ތަކަށް އިނާމެއް ވެސް ލިބިގެންދާނެކަމަށް ނޫރުލް އިސްލާމްއިން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *