ރާއްޖޭގެ ޚަބަރު

ފަނޑިޔާރު ޢަލީ ޙަމީދުގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމުމަށް އަދާލަތުން ގޮވާލައިފި

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގެ ތެރެއިން | ފޮޓޯ: ސަން

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ބަދުއަހްލާގީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ކަމާއި ބެހޭ މުއައްސަސާތަކުން އަވަހަށް ތަހުގީގު ކޮށް ނިންމުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

މިކަމާ ބެހޭގޮތުން އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސްތަރުޖަމާން ޢަލީ ޒާހިރު ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓްގެ ފަނޑިޔާރެއްގެ މައްޗަށް އެފަދަ ތުހުމަތު ތަކެއް ކުރެވޭތީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި ތަހިގީގު ކޮށް ނިންމުމަށް އަދާލަތު ޕާޓީން ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ޢަލީ ޒާހިރު ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ތަހުގީގު ނިންމުމަށް ފަހު، ކަމާއި ގުޅޭ މުއައްސަސާތަކުން ނިންމާ ކޮންމެ ނިންމުމަކަށް އެ ޕާޓީން އިހްތިރާމް ކުރާނެ ކަމަށާއި އެކަމާ ގުޅިގެން ނިންމާ ކޮންމެ ނިންމުމެއް ވެސް އެ ޕާޓީން ބަލައިގަންނާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *