ރާއްޖޭގެ ޚަބަރު

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ބައެއް ކައުންސިލުތަކުން ހުރަސްއަޅާ: ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު | ދިއިސްލާމް ފައިލް ފޮޓޯ

ދީނީ ގޮތުން ހޭލުންތެރިކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމުށް ބައެއް ކައުންސިލުތަކުން މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވީ މިއަދުނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ މިސްކިތްތައް ކައިރީގައި އަޑުގަދަކުރާ ބަހައްޓައިގެން ޖަމާއަތުގައި ނަމާދުކުރަން ދަތިކުރާ ރަށްތައްވެސް އެބަހުރިކަމަށާއި އެކަމުގެ ޝަކުވާތައް އަބަދުވެސް އިސްލާމިކް މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

އަދި މިސްކިތްތަކުގައި ދީނީ ނަޞޭޙަތް ދިނުމާއި ނަމާދުކުރުމުގެ އަޑު ގަދަވެގެން ބައެއް ކައުންސިލުތަކުން ކަންބޮޑުވުން ފައުޅުކޮށް މުދިމުން ލައްވައި ތަފާތު ބަޔާންތަކުގައި ސޮއިކުރުވަމުން ގެންދާއިރު މިސްކިތްތަކަށް އުނދަގޫވާ ގޮތަށް ލަވަޖަހައި މިޔުޒިކް ކުޅެ އެބާވަތުގެ ކަންކަން ކުރާއިރު ކައުންސިލުތަކުން ކަންބޮޑު ނުވުމަކީ މައްސަލައެއް ކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *