ރާއްޖޭގެ ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ މަދަޙަ މުބާރާތް މާދަމާރޭ

ފޮޓޯ: ދިއިސްލާމް

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން އިންތިޒާމްކޮށްގެން ޔުނިވަރސިޓީގެ ފެކަލްޓީތަކާއި އަމިއްލަ އަމިއްލަ ކޮލެޖްތަކަށް ހުޅުވައިލައިގެން ބާއްވާ މަދަޙަ މުބާރާތް މާދަމާރޭ ފެށޭނެ ކަމަށް ދަރިވަރުންގެ ޔޫނިއަންއިން ހާމަކޮށްފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޙާތިމް ޔޫސުފް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ރެޔަކަށް ބަހާލައިގެން ކަމަށާއި މިގޮތުން 26 ޖުލައި ވާ ހުކުރު ދުވަހުގެރޭ (މާދަމާރޭ) 20:45 ގައި އޮންނާނީ މަދަޙަ މުބާރާތް އިފްޠިތާހު ކުރުމުގެ ޖަލްސާގެ އިތުރުން ވަކިވަކި ދަރިވަރުންގެ މަދަޙަ ހުށަހެޅުމުގެ ބައިން ފިރިހެން ކުދިންގެ މަދަޙަ ހުށަހެޅުން ކަމަށެވެ. އަދި 27 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރޭ އޮންނާނީ ވަކިވަކި ދަރިވަރުންގެ މަދަޙަ ހުށަހެޅުމުގެ ބައިން އަންހެން ކުދިންގެ މަދަޙަ ހުށަހެޅުންކަމަށާއި 28 ޖުލައިވާ އާދިއްތަދުވަހުގެ ރޭ އޮންނާނީ ގްރޫފް މަދަޙަ ހުށަހެޅުން ކަމަށް ވެސް ޙާތިމް ވިދާޅުވިއެވެ.

މީގެ އިތުރުން  ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޓިވް އޮޑިޓޯރިއަމް (އޭ ބްލޮކް) ގައި ބާއްވާ މި މުބާރާތް ބެލުމަށް ޔުނިވާރސިޓީގެ ދަރިވަތުންގެ އިތުރުން އާއްމުންނަށް ވެސް ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ޙާތިމް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މި މަދަޙަ މުބާރާތުގައި ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ އިތުރުން ކުއްލިއްޔާ އަދި އައި.އައި.ފީ.ޑީ އިން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *