ދީންސުވާލާއި ޖަވާބު

ރޯދަ ހިފައިގެން ހުރުމަށްފަހު ރޯދަ ވީއްލުމަށް ނިޔަތްގަނެފިނަމަ ރޯދަ ގެއްލޭނެތޯއެވެ؟

ސުވާލު: އަޅުގަނޑަށް ވަރަށް ފަހުން އެނގުނު ގޮތުގައި ރޯދަ ހިފައިގެން ހުރުމަށްފަހު ރޯދަ ވީއްލުމަށް ނިޔަތްގަނެފިނަމަ އެރޯދަ ބާޠިލްވާނެއެވެ. ސުންނަތް ރޯދައިގައި ވެސް އަދި ފަރުޟު ރޯދައިގާ ވެސް އަޅުގަނޑަށް މިގޮތަށް ރޯދާ ވީއްލާނެކަމަށް ހިތަށް އަރައެވެ. މިއީ ކޮންކަހަލަ ކަމެއްތޯއެވެ. މިހެންވުމުން ރޯދަ ގެއްލޭނެތޯއެވެ؟

ޖަވާބު:

ރޯދަހިފައިގެން ހުރެ ރޯދަވިއްލުމަށް ނިޔަތްގަތުމަކީ ރޯދަވިއްލޭ ކަމެއްނޫނެވެ. ރޯދަ ގެއްލޭނީ ރޯދަގެއްލޭ ކަންތަކުގެ ތެރެއިން ކަމެއް ތިމާގެ ޤަޞްދާއި ލައިގެން ކޮށްފިނަމައެވެ. އެއީ ކެއުމާއި ބުއިމާއި އެދުންވެރިކަން ފުއްދުމާއި މިފަދަ ކަމެކެވެ. މިއީ ފަރުޟު ރޯދަކަމުގައި ވިއަސް، ނަދުރު ރޯދަ ކަމުގައި ވިއަސް އަދި ސުއްނަތް ރޯދަ ކަމުގައި ވިއަސް އެވެ. والله أعلم

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން