މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ތަމްރީން ކުރުމުގެ ގޮތުން ހިންގާ ކޯހެއް މާދަމާ ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިނިސްޓްރީއިން ހާމަކުރައްވާ ގޮތުގައި މިކޯސް ހިންގުމުގެ މަގުސަދަކީ އިމާމުންގެ ހޭލުންތެރިކަން އިތުރުކޮށް ގާބިލް ބަޔަކަށް ހެދުމެވެ. މިކޯހުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރާފަރާތް ތަކެވެ.
އިމާމުން ތަމްރީން ކުރުމަށް ހިންގާ މި ކޯސް މާދަމާ ފަށާއިރު މީގެ ކުރިންވެސް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ.


















advertisment
ތިކޯހަށް ކިޔަންވީ “ލީޑާސް ޑިވޮލޮޕްމަންޓް ޕޮރޮގުރާމް” މިޒަމާނަކީ ވަރަށް ޒަމާނީ ޒަމާނެއް، އެހެންވީމަ މީހުންގެ ފިކުރާއި ވިސްނުން ހުންނަގޮތަށް ޕޮރޮގުރާމްތަށް ވެސް ބައްޓަންކޮށް ހިންގުން ވަރަށްވެސް ބޭނުންތެރި،މީހުން ބަލައިގަތުން އޭރުން ބޮޑުވާނެ، އަބަދު ބޯދާ ގޮތެއް ހުރެގެން ނުވާނެ، އިމާމުން ނާއި މުދިމުން ނަށް ދޭތެރެ ދޭތެރެއިން ތާޒާކުރާ ކޯސްތަށް ވަރަށް މުހިންމު، ބަޔެއް އިމާމުންގެ ކިބައިން އަޅުގަނޑަށް ފާހަންގަ ވާކަމެއް އެބަހުރި އެއީ ބަޔެއް އިމާމުން މާއަވަސް އަރުވައިގެން ހަރަންބަދެ މާއަވަސްކޮއްލައިގެން ނަމާދު ކުރާތަން އެބައާދޭ، ތިމާގެ ފަހަތުގައި މުސްކުޅިން ތިބޭކަންވެސް ނޭގި އަދި އާންމުކޮށް ދިވެހިން ނަކީ ތަންކޮޅެއް ލަސްކަމާއި އެކު ނަމާދު ކުރާބަޔެއް ވަރަށްވެސް ގަޔާއިވެގެން ނަމާދުކުރާބަޔެއް، އެހެންކަމުން އިމާމުންވެސް އެކަންދަނެގަތުން ރަގަޅު އެހާ އަވަސްވެނުގަތުން ރަގަޅު ބުއްދިވެރި!
ައަދިވެސް ގި އިމާމުންނަކީ ތައުލީމު ދިޔާނާ 1 2 3 ނޫނީ ރަންގަޅު އެއްޗެއް ނެތް ކަމައް ދެކޭ މީހުން އެހެން ވީމަ އެފަދަ އިމާމުން ގެންގޮސް އެހެން ފޮތްތަކުގަވެސް ރަނގަޅު އެއްޗުހި ހުންނަކަން ވިސްނަ ދިނުން ވަރަށް މުހިއްމު