އިއްޔެ ހަވީރުން ފެށިގެން ރޭފަތިހާ ހަމަޔަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހއ. ހޯރަފުށީގައި ފެން ބޮޑުވެ، އާއްމުންގެ މުދަލަށާއި ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލް އިދާރާގެ މެންބަރު އިބްރާހިމް ޝާކިރު ވިދާޅުވީ ގާތްގަޑަކަށް ތިންފޫޓާ ހަތަރުފޫޓާއި ދެމެދުގެ އަދަދަކަށް ރަށުގައި ފެން ބޮޑު ވެފައިވާކަމަށާއި ފަސްދޮޅައެއްހާ ގެޔަށް ފެންގަނޑު ވަދެ މުދަލަށާއި ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށެވެ.
ޝާކިރު އިތުރަށް ވިދާޅުވީ "ފުލުހުންނާ ސިފައިންނާ އެމްޓީސީސީ އަދި މަނަފަރު ރިސޯޓުގެ އެހީތެރިކަމާ އެކު ރަށުން ފެން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް ދާކަމަށާއި މަސައްކަތް މިދާވަރުން ވިއްޔާ ގާތްގަޑަކަށް މިއަދު 2ޖަހަންވާއިރަށް މުޅިން ފެންގަނޑު ހިއްކާ ނިމޭނެ ކަމަށް"ވެސް އޭނާ ވިދާޅުވި އެވެ.
މިދުވަސްވަރު ދަތުރުފަތުރު ކުރައްވާ ބޭފުޅުން މޫސުމަށް ސަމާލުވުމައް މެޓުއޮފިހުން ވަނީ އެދިވަޑައިގެންފައެވެ.


















advertisment
ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަން އަދި ރާއްޖޭގެ އެކިއެކި ރަށްތަކަށް ދިމާވެފާމިވާ ޙާދިޘާ ތަކުން ސަލާމަތް ކަމާއި ރައްކާތެރިކަން މާތްﷲ އަޅަމެންނަށް ދެއްވަވާށި! އާމީން.