އައްޑޫސިޓީ ހުޅުދުއަށް މިއަދު ނަގޫރޯޅިއެއް އަރައި ގެއެއްގެ ފާރުން ބައެއް ވެއްޓި އިތުރު ގެއްލުންތަކެއް ވެއްޖެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ނަގޫރޯޅި އަރާފައި ވަނީ މެންދުރު 12:30 ހެއްހާ އިރު ގައެވެ. އަދި މިހާދިސާގައި ގެއްލުން ލިބިފައި ވަނީ އެ ރަށު އޯޝަންވޭ ގެއަށާއި ރަށުގެ އަތިރިމަތީގައި ހުރި ހަރުގެއަކަށް ކަމަށެވެ.
ގެއްލުންލިބުނު އޯޝަންވޭގެ ކޮޓަރިއެއްގެ ފާރުން ބައެއް ފުރާޅާ ދިމާލުން މަތިން ވެއްޓި ކޮޓަރީގެ ސީލިންގަނޑު ހަލާކުވެފައިވާއިރު އެކޮޓަރީގެ ފާރުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި އަރިއަޅާލާފައެވެ.
އޯޝަންވޭގެ އިތުރުން ނަގޫރޯޅީގެ އަސަރުކޮށް ހުޅުދޫ ބަނދަރުމަތީގައި ހުރި ހަރު ގެއެއްގެ ފުރާޅު ވެސް ވަނީ އެއްލާލައިފަ އެވެ.
ހުޅުދޫއަށް ނަގޫރޯޅިއެއް އަރާފައިވާއިރު މިދުވަސްވަރު ދަތުރުފަތުރު ކުރައްވާ ބޭފުޅުން މޫސުމަށް ސަމާލުވުމައް މެޓުއޮފިހުން ވަނީ އެދިވަޑައިގެންފައެވެ.
އައްޑޫ ސިޓީއަށް މިއަދު ނަގޫރޯޅިއެއް އަރައިފި

ގެތްލުން ލިބުނު އޯޝަންވޭގެ | ފޮޓޯ: ހަވީރު
















advertisment
ޚިޔާލު