"ރޭލުގައި ދަތުރު ކުރިއިރު ކުދި އަނިޔާތަކެއްވީ ނަމަވެސް މާ ސީރިޔަސް އެއް ނޫން" ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޙް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސައުދީގައި ހުންނަވައި ފޯނުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޝައިޙް ދީދީ ވިދާޅުވީ "ހުރިހާ ދިވެހި ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި މުޛްދަލިފާއަށް ދަތުރުކުރިއިރު ބައެއް ހައްޖުވެރިންނަށް ކޮންމެވެސް ވަރަކަށް ކުދި އަނިޔާތަކެއް ވެފައިވީ ނަމަވެސް މާ ސީރިޔަސް އަނިޔާތަކެއް ވެފައިނުވާ"ކަމަށެވެ. ޝެއިޚް ދީދީ އިތުރަށް ވިދާޅުވީ "މިގޮތަށް ދިމާވީ މިފަހަރު އަލަށް ރޭލުގެ ނިޒާމް ތައާރަފް ކޮއްފައި ވުމުން އެކަމާމެދު އޮންނަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން"ކަމަށެވެ.
ޝައިޙް ދީދީ އިތުރަށް ވިދާޅުވީ "މިހާރު ކުރިޔައް ދަނީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންތަކުގެ ތެރެއިން 11 ޛުލްޙިއްޖާގައި އޮންނަ 3 ޖަމްރާ އަށް ހިލައުކުން" ކަމަށާއި އަދި "ބައެއް ހައްޖުވެރިން މިހާރު ތުވާފުލް އިފާޟާ ކޮށް ސައުޔު ކޮށްފައިވާ"ކަމަށް ވިދާޅުވިއެވެ.


















advertisment
ކުދިއަނިޔާވާންދިމާވި ސަބަބު ވިދާޅުވިނަމަ ރަގަޅުވީސް. އޭރުން އެހެންމީހުން އެކަމަކަށް ސަމާލުވާން ވިސްނާނެ.