ނ.ފޮއްދޫ މަސްޖިދުއް ނަސްރު މިއަދުގެ އަސުރު ނަމާދައްފަހު ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ.
ފޮއްދޫގައި ހުރި ދިއިސްލާމުގެ ނޫސްވެރިއެއް ކަމައްވާ އަޖުނާދު ޢަލީ މައުލޫމާތު ދިން ގޮތުގައި މިސްކިތް ހުޅުވުމުގެ ގޮތުން ވަކި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެއް ނުވެއެވެ. ފޮއްދޫގައި ކުރިން ނަމާދު ކުރަމުން އައީ 60 މީހުންގެ ޖާގައިގެ މިސްކިތެއްގައި ވިޔަސް މިއަދު އެރަށުގައި ހުޅުވުނު މިސްކިތަކީ ގާތްގަނޑަކަށް 330 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މުނީ ކޮންޕެނީގެ 75އިންސައްތަ ހިއްސާއާއި ސޮނީ ހާޑްވެއަރ އަދި ސަން ޓްރެވަލް ފަދަ އަމިއްލަ ފަރާތްތަކުގެ އެހީ އާއިއެކު އަޅާފައިވާ މިމިސްކިތުގައި އަންހެނުންގެ ފާހާނާ އަކާ ފިރިހެނުންގެ ފާހާނާ އެއް އަދި ގުދަނަކާއި ވުޟޫ ކުރާނެ އިސްކުރުބަރިއެއް ހުރެއެވެ.
ގާތް ގަނޑަކަށް 480 މީހުން ދިރިއުޅޭ ފޮއްދޫގައި މިއަދު މިހުޅުވުނު މިސްކިތަކީ އެރަށަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
ނ.ފޮއްދޫގައި އާމިސްކިތެއް ހުޅުވައިފި

ނ.ފޮއްދޫ މަސްޖިދުއް ނަސްރު | ފޮޓޯ: އަޖްނާދު އަލީ
















advertisment
ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކޮށް ބައިތުލް މާލު އިސްލާމީ އުސޫލުން ހިންގަންޖެހޭ، ޓެކުސްގެ ނިޒާމަކީ އެއްވެސް ތާކުންތާކު ޖެހޭ ނިޒާމެއްނޫން، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ބައިތުލް މާލު މުއްސަދި ކުރެވޭނެގޮތެއް ހޯދަންޖެހޭ، ޓެކުސް ނިޒާމަކީ އިންޑައިރެކުޓް ކޮށް ފައިސާ ހޯދާ ނިޒާމެއް، ޒަކާތުން ޑައިރެކުޓްކޮށް ފައިސާ ދައުލަތަށް ލިބޭ!