ރާއްޖޭގެ ޚަބަރު

އޮމަދޫގައި އީދުނަމާދު ހުސްބިމެއްގައި ކުރާނީ

ތ.އޮމަދޫ

ތ.އޮމަދޫ

މޫސުން ތަންދޭނަމަ ތ.އޮމަދޫދައިވެސް އީދު ނަމާދު ކުރާނީ ހުސްބިމެއްގައި ކަމައް އެރަށު ކައުންސިލްއިދާރާއީން ހާމަކޮށްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ކައުންސިލް އިދާރާއީން ހާމަކުރެއްވި ގޮތުގައި މިގޮތަށް ހަމަޖެއްސީ ޒުވާނުން ކޮޅެއްގެ އެދުމަކާއިއެކު މިކަމާއި ބެހޭގޮތުން ކައުންސިލް އިދާރާއިން ބޭއްވި ބައްދަލުވުމަކައް ފަހުގައެވެ. އީދު ނަމާދު ކުރުމަށް އެކަށޭނަ ދެސަރަހައްދެއް ރަށުގައި އެބައޮތްކަމަށާއި އެއީ ބޯޅަދަނޑު ސަރަހައްދުގެ އިތުރުން ކައުންސިލްއިދާރާ ދޮރުމަތީގައި އޮންނަ ހުސްބިން ސަރަހައްދު ކަމަށް ކައުންސިލް އިދާރާއިން ހާމަކުރެއެވެ.

އަދި މީގެއިތުރުން މިކަން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުމުގައި ރައްޔިތުންގެ އެއްބާރުލުން ހާއްސަކޮށް ޒުވާނުންގެ އެއްބާރުލުން ލިބެމުންދާކަމަށް ކައުންސިލް އިދާރާއިން ހާމަކުރެއެވެ.

އޮމަދޫގައި އީދު ނަމާދަށް ތައްޔާރުވަމުން ދާއިރު މީގެކުރިންވެސް އެރަށުގައި އީދުނަމާދު ހުސްބިމެއްގައި ކޮށްފައިވާކަމައް އެރަށުގެ ދުވަސްވީ މީހުން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *