
މާފަންނު ސްޓޭޑިއަމްގައި 1 ޝައްވާލް 1433 (އޮގަސްޓް 19، 2012) ވަނަ ދުވަހު ކުރެވުނު ފިތުރު އީދު ނަމާދުގެ ޖަމާޢަތް | ދިއިސްލާމް ފޮޓޯ : މުޙައްމަދު މިއުވާން
މިއަހަރުގެ އީދު ނަމާދާއި ބެހޭ ހާއްސަ ބައްދަލުވުމެއް މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮއްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި އަލްހާ ޢީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމުގެ ކަންތަކާއި ގުޅޭ ގޮތުން ބާއްވާ މިހާއްސަ ބައްދަލުވުން އޮންނާނީ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި މިރޭ 09:00ގައިކަމަށެވެ. މިބައްދަލުވުމައް ވީހާވެސް ގިނަ ފަރާތް ތަކުން ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީއިން އެދި ވަޑައިގަންނަވައެވެ.
މިދިޔަ އީދެކޭ އެއްގޮތައް މިއީދުގައިވެސް އީދުނަމާދު ކުރުން ހަމަޖައްސާފައި ވަނީ މާފަންނު ސްޓޭޑިޔަމް ސަރަހައްދުގައެވެ.
















advertisment
الله ތި އަހުންނަށް ހެޔޮ ރަޙްމަތް ލައްވާ، ހެޔޮ ޖަޒާ އިތުރު ކޮށްދެއްވާ ތި އަހުންގެ ހެޔޮކަމުގެ ތިލަފަތް ބަރު ކޮަަައްދެއްވަވާ، ހުރިހާ ކުއްފާފައެއް ފުއްސަވާ، ރަސޫލާ صلى الله عليه وسلم ދެކެ ފުރިހަމަ އަށް ލޯބި މިއުންމަތުގެ އެންމެހާ މުސްލިމް އަހުންނާއި އުހުތުންގެ ހިތުގަ އާއި ޢަމަލްތަކުގާ ލައްވަވާށި…..
މިޤައުމުގެ ވެރިކަން ވެސް މިބައި މީހުންނާއި ހަވާލު ކުރަންވީ، މިމީހުން ވަރަށް ރަގަޅަށް ކުރީ ފަހަރު ޢީދުގެ ކަންތަށްވެސް އޯގަނައިޒު ކުރި، އެގޮތަ ދައުލަށް ހިންގުންވެސް މިމީހުން އޮގަނައިޒު ކުރާނަމަ ހާދަރަގަޅުވާނެ!
އަހަރުންވެސް މާލޭގަ ހުރިނަމަ…
ހުސް މައިދާނެއްގައި ޢީދު ނަމާދުކުރުމުގެ މަތިވެރި ސުންނަތް މިރާއްޖޭގައި ޤާއިމްކުރުމުގައި އިސްނެގި އަޚުންނަށާއި އެކަމަށް ބާރުއެޅުއްވި ދީނީ ޢިލްމުވެރިންނަށާއި އަދި އެކަން ޤަބޫލުކުރައްވާ އިސްލާމިކް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ފޯރުކޮށްދެއްވާފައިވާ އަދި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ހެޔޮ ޖަޒާ މާތްﷲ ދެއްވާ އެކަމުގެ އަޖުރު އިތުރުކޮށްދެއްވުން އެދި ދުޢާ ކުރަން. ޚާއްޞަ ގޮތެއްގައި އިސްލާމިކް މިނިސްޓްރީއާއި ޝައިޚް ޝަހީމް ޙަވާލުވުމަށްފަހު އިސްލާމް ދީނުގެ ހައްޤުގައި އެމަނިކުފާނު އުފުއްލަވަމުން ގެންދަވާ ބުރައާއި ވެވަޑައިގަންނަވަމުންދާ ޤުރުބާނީ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިކަމާއެކު ބަލައިގަނެ އެކަމަށް ހެޔޮޖަޒާ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަން. އާމީން.
ސުންނަ ދިރުވުމުގެ ގޮތުން ނާއި ސުންނަށް ދަސްކޮށް ދިނުމުގެ ގޮތުން މިރާއްޖޭގައި އަހަރަކު ދެފަހަރު ވިއަސް އިސްތިސްޤާ ނަމާދުވެސް ކުރަން އެބަޖެހޭ އިންސާނުން ތަބާވެ ﷲ ކުއްތަންވެ ދުވާދެން ނެވުމަށް ބާރުއެޅުމުގެ ގޮތުން، މިސުއްނަތަކީވެސް ރާއްޖެއިން ވަރަށް ނުފެންނަ ސުންނަތެއް، މަގޭ އުމުރުން މިވީ ސާޅީހަކަށް އަހަރުތެރޭގައި އަދި މިރާއްޖޭގައި އިސްތިސްޤާ ނަމާދުކުރިތަނެއް ނުދެކެން!