
1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން އިސްލާމިކް މިނިސްޓްރީއިން ޖުލައި 29، 2012 ގައި ބޭއްވި ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ - އިބްރާހިމް އަސްވާގު
"ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ"ކަމަށް އިސްލާމިކް މިނިސްޓާރ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓާރ މުހައްމަދު ޝަހީމް އަލީ ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޓީވީއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓާރ ޝެއިޚް ޝަހީމް ވިދާޅުވީ، "ދިވެހި ރާއްޖޭގައި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ކުށެއް ނެތް އެތައް ރައްޔިތުންނެއް މަރަމުން ގެންދާ އިރު ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ ކަމަށާއި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ."ކަމަށެވެ. އަދި މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، "މަރުގެ ހުކުމް ތަންފީޒު ނުކުރާހާ ހިނދަކު މި ގައުމު އަމާން އައްސޭރިއަކަށް ނުގެންދެވޭނެ."ކަމަށެވެ.
ޤިސާސް ހިފުމާއި ބެހޭ ގޮތުން ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ބޭފުޅުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓާރ ވިދާޅުވީ "އަޅުގަނޑުމެން ގިސާސްއާ ހަމައަށް އައިމާ މިދައްކަނީ އިންސާނީ ހައްގުތަކުގެ ވާހަކަ އާއި ޑިމޮކްރެސީގެ ވާހަކަ. އަދި ބައެއް މީހުން އެބަ ބުނޭ ގިސާސް ހިފީމާ މަރުވެފައި އޮންނަ މީހާ ދިރޭނެ ނަމަ އެންމެ ރަނގަޅޭ އެކަން ކުރަން. ދެން ﷲ އެކަމަށް އަމުރު ކުރެއްވީމާ އަޅުގަނޑުމެން ކީކޭތޯ ބުނާނީ، މަރުގެ އަދަބުގެ ވާހަކަ ދައްކާ އިރު ގުރުއާނުގައި އެކަންޏެއް ނޫން މަރުގެ އަދަބުދޭ ވާހަކަ އޮތީ. ތައުރާތާއި، އިންޖީލުގައި ވެސް މަރުގެ އަދަބު ދިނުން އޮވޭ. އަދި މި ދެ ފޮތުގައި އެހެން އޮންނާނެ ވާހަކަ ގުރުއާނުގައި ބަޔާން ކުރައްވާފައި ވެސް އެބައޮތް" ކަމަށެވެ. އަދި "އަޅުގަނޑެއް ގަބޫލެއް ނުކުރަން އިސްލާމް ދީނުގައި އޮތް މަރުގެ އަދަބެއް ތަންފީޒު ކޮށްގެން ދިވެހި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަކަށް. ކާކަށްތޯ އެނގޭނީ ހަމަ ތެޔޮވަޅެއް ވެސް ފެނިދާނެ ނޫންތޯ،" ލައިވްކޮށް ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
















advertisment
ޝަހީމް ހަބޭސް!
މިހާރުވެސް އެންމެ ގޮނައިމް ތެއުނަގަނީ ތެއުހުރީވެސް ﷲ ގެ ހުކުމް ފުޅު ޤަބޫލުކޮށް އިސްލާމީ ޝަރީއަތް ތަންފިޒުކު ކުރުމަށް މަސައްކަތް ކުރާ ޤައުމެއްކަމަށްވާ ސައުދީ އަރަބިޔާގައި!
ﷲ ހެޔޮ ޖަޒާ ދެއްވަށި.
މިހާރުގެ ތެލުގެ ރިސާރޗުތަކުން ދައްކާގޮތުގައި އެންމެ ގިނަ ތެލުގެ ރިޒާވެއް އޮތީވެސް ސައުދީގައި، ހުދޫދު ތަންފީޒުކުރާ ކޮންމެ ފަހަރަކު އެތަނުން ތެއުވަޅެއް ފެންނަކަމަ ވަރަށް ފަހުގެ ދިރާސާއެއްގައިވޭ! ﷲ ގެ ހުކުމް ތަންފީޒުކުރުމުން ބިމުގައި ބަރަކާތް އިތުރުވާނެ ކަން ކީރިތި ޤުރުވާން ވަނީ ޙަބަރު ދެއްވާފައި، ﷲ އެކަލާގެޔަށް އީމާންވާ މީހުހުން ވެސް ދިފާއުކުރައްވާނެ ކަމުގެ ހަބަރުވެސް ވަނީ ދެއްވާފައި، ޤުރުއާން ބާވާލެއްވުނީ އިންސާނުން އަބާއްޖަވެރި ވުމަށް ނޫންކަންވެސް ހަބަރު ކުރައްވާފައިވޭ! ތައުހީދުގެ އަހުލުވެރިންނަށް ދެދުނިޔޭގައި އަމާންކަން ލިބިގެން ވާކަމާއި އެއީ ހިދާޔަތުގެ މީހުންކަންވެސް ވަނީ ހަބަރު ކުރެވިފައި!
އިންސާނީ ހައްގުތަކުގެ ވާހަކ ދައްކާ މީހުން ވިސްނާލަންވީ، މީހަކު މެރުމަކީ އިންސާނަކު ދިރިހުރުމުގެ ހައްްޤު ނުދިންުން. އެފަދަ ފަރާތްތައް މެރުަމަކީ މިކަމުގެ ހާޢޤޅޫ.
މަރައް މަރުގެއަދަބު ދޭންވާނެ….. އެހެން ނޫނީ އާންމުވެގެންވާ ކޯފާއެއް ލައްވަފާނެ…. މަރައް މަރު..
މިގައުމަށް އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމަށްޓަކާ ހަރުދަނާ ޤާނޫނުތަކަކާއި ޤާނޫނުލްޢުގޫބާތްތަކެއް ހަދަންޖެހޭ. ޤާނޫނު ހަދާ މަޖިލީހަށް އިސްލާމީ ޢިލްމް އުނގެނިގެންތިބި، ޤުރްއާނާއި ޙަދީޘް ޢިލްމް ދަންނަ ޤިލްމީ ޤާބިލް މީހުން ވަރަށް މުހިންމު.
ޝައިޚްޝަހީމް..ހިތްވަރުފުޅު ކުރައްވަވާ، މާތްﷲއިރާދަ ކުރެއްވިއްޔާ މިރާއްޖޭގާ ދެން ލަސްތަކެއްނުވެ ޤިޞާޞް ހިފެވޭނެ. އިންޝާﷲ! ޑެތް ޕެނެލްޓީވެސް ޖެހޭނެ ގޭންގް މާސްޓަރުން ހައްޔަރުވެސް ކުރެވޭނެ، އަދި އެފަރާތް ތަކުގެ ޙިމާޔަތާއި އެހީތެރިކަން ހޯދާ ސިޔާސީ ގަމާރުންނާއި ޖާހިލު ވިޔަފާރިވެރިން ބަނގުރޫޓް ވެސްވާނެ، ބޭޒާރުވެ ފަޟީޙަތްވާނެ، އެދުވަސް ކައިރިވެއްޖެ. ނަޞްރާއި ފަލާޙް އޮތީ ތެދުވެރި އިޚްލާޞް ތެރިންނަށް.
ބޭރުދުނިޔޭގެ ފާޑުކިޔުން ތަކަށް ބިރުގަނެފައި ކިހާދުވަހެއްވަންދެކަ ބާ ދުނިޔޭގައުޅެން ވިސްނަންވީ؟
މިނިސްޓާރ ވިދާޅުވީ ވަރަށް ވެސް ރަގަޅު ވާހަކައެއް. ރިޒްގު ދެއްވާ ފަރާތަކީ ﷲ ސުބްހާނަހޫ ވަތައާލާ. އެހެންވީމީ އެހެން ގައުމު ތަކުން އެހީ ކަނޑާލާނެތީ ބިރުން މާތް ރަސްކަލާނގެ ހުކުމަކާ ދެކޮޅުހެދުން އެއީ ކުރަން ހެޔޮވާވަރުކަމެއް ނޫން. އެކަލާނގެ ރިޒްގް ބަންދު ކުރައްވައިފިއްޔާމުން ދެން އެހީއެއް މަދަދެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ.