ރާއްޖޭގެ ޚަބަރު "ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ": އިސްލާމިކް މިނިސްޓާރ

"ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ": އިސްލާމިކް މިނިސްޓާރ

"ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ": އިސްލާމިކް މިނިސްޓާރ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން އިސްލާމިކް މިނިސްޓްރީއިން ޖުލައި 29، 2012 ގައި ބޭއްވި ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ - އިބްރާހިމް އަސްވާގު

"ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ"ކަމަށް އިސްލާމިކް މިނިސްޓާރ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓާރ މުހައްމަދު ޝަހީމް އަލީ ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޓީވީއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓާރ ޝެއިޚް ޝަހީމް ވިދާޅުވީ، "ދިވެހި ރާއްޖޭގައި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ކުށެއް ނެތް އެތައް ރައްޔިތުންނެއް މަރަމުން ގެންދާ އިރު ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ ކަމަށާއި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ."ކަމަށެވެ. އަދި މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، "މަރުގެ ހުކުމް ތަންފީޒު ނުކުރާހާ ހިނދަކު މި ގައުމު އަމާން އައްސޭރިއަކަށް ނުގެންދެވޭނެ."ކަމަށެވެ.

ޤިސާސް ހިފުމާއި ބެހޭ ގޮތުން ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ބޭފުޅުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓާރ ވިދާޅުވީ "އަޅުގަނޑުމެން ގިސާސްއާ ހަމައަށް އައިމާ މިދައްކަނީ އިންސާނީ ހައްގުތަކުގެ ވާހަކަ އާއި ޑިމޮކްރެސީގެ ވާހަކަ. އަދި ބައެއް މީހުން އެބަ ބުނޭ ގިސާސް ހިފީމާ މަރުވެފައި އޮންނަ މީހާ ދިރޭނެ ނަމަ އެންމެ ރަނގަޅޭ އެކަން ކުރަން. ދެން ﷲ އެކަމަށް އަމުރު ކުރެއްވީމާ އަޅުގަނޑުމެން ކީކޭތޯ ބުނާނީ، މަރުގެ އަދަބުގެ ވާހަކަ ދައްކާ އިރު ގުރުއާނުގައި އެކަންޏެއް ނޫން މަރުގެ އަދަބުދޭ ވާހަކަ އޮތީ. ތައުރާތާއި، އިންޖީލުގައި ވެސް މަރުގެ އަދަބު ދިނުން އޮވޭ. އަދި މި ދެ ފޮތުގައި އެހެން އޮންނާނެ ވާހަކަ ގުރުއާނުގައި ބަޔާން ކުރައްވާފައި ވެސް އެބައޮތް" ކަމަށެވެ. އަދި "އަޅުގަނޑެއް ގަބޫލެއް ނުކުރަން އިސްލާމް ދީނުގައި އޮތް މަރުގެ އަދަބެއް ތަންފީޒު ކޮށްގެން ދިވެހި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަކަށް. ކާކަށްތޯ އެނގޭނީ ހަމަ ތެޔޮވަޅެއް ވެސް ފެނިދާނެ ނޫންތޯ،" ލައިވްކޮށް ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.