ކުރީ ސަރުކާރުގައި ޢީދު ނަމާދު ކުރުމަށް ސްޓޭޑިއަމް ދޭން އެދުމުން "ތިމަންމެން ބޮޑުބެރު ޖަހަން އިސްލާމީ މަރުކަޒަކަށް ނުދާ ކަމަށާއި ދީނީ ކަންތައްތައް ކުރެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަންނަވަން ނުހެއްދެވުމަށް" ސަރަނގު އާދަމް މަނިކު ބުނެފައިވާކަން ހާމަވެއްޖެއެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި ސަރަނގު އާދަމް މަނިކު ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމަށް ދެކޮޅު ހެދިކަމަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ބައިގެ ވެރިޔަކަށް އޭރު ހުންނެވި އަލްއުސްތާޛު ޢާޠިފް ޖަލީލު އާއި ހަވާލާދީ ޝެއިޚް ޢިޔާޟްއެވެ. މައިދާނެއްގައި ޢީދު ނަމާދު ކުރުމަށް ކުރީގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ މަޢުލޫމާތު ޝައިޚް ޢިޔާޟަށް ލިބިފައިވޭތޯ، “ރާއްޖެއިސްލާމް.ކޮމް” ގެ ސުވާލާއި ޖަވާބު ސެކްޝަންގައި ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޝައިޚް ވިދާޅުވީ ޢީދު ނަމާދު މައިދާނެއްގައި ކުރުމަށްޓަކައި މާފަންނު ސްޓޭޑިއަމް ހޯދުމަށް، މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި ސަރަނގު އާދަމް މަނިކަށް ޑރ. މަޖީދު ސިޓީ އަކުން ދެންނެވި ކަމަށް ޢާޠިފް މަޢޫލޫމާތު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، އާދަމް މަނިކު ޖަވާބުގައި ވިދާޅުވެފައިވަނީ "ތިމަންމެން ބޮޑުބެރު ޖަހަން އިސްލާމީ މަރުކަޒަކަށް ނުދަމެވެ. ވީމާ، ތިބޭފުޅުންވެސް ދީނީ ކަންތައްތައް ކުރެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަންނަވަން ނުހައްދަވާށެވެ." މިހެން ކަމުގައި ޢާތިފާ ޙަވާލާދީ ޝައިޚް ޢިޔާޟް ވަނީ ވިދާޅުވެފައެވެ.
މީގެ ދެ އަހަރެއް ކުރިން ޢީދު ނަމާދު މައިދާނެއްގައި ކުރުމަށް އޭރުގެ އިސްލާމިކް މިނިސްޓަރު މަސައްކަތް ކުރައްވާފައިވާއިރު މިސަރުކާރުން ޢީދު ނަމާދު މައިދާނެއްގައި ކުރުމުން ކުރިން އެކަން ނުކުރީ ކީއްވެތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
މާޒީގެ ތެރެއިން: މާލެ މާލެއަކަށް ވަނީ ހަށި ވިއްކާ ތަންތަންވެސް ހުރުމުން – ސަރަނގު އާދަމް މަނިކު

















advertisment
ސުންނަތުގެ އަހުލުވެރިންނޭ ކިޔައިގެން އުޅޭމީހުންވެސް އެކިއެކި ސިފަސިފައިގަ މިފަހަރުގެ އީދުނަމާދައް ޖޯކުޖަހަމުން މަލާމާތް ކުރަމުންދާއިރު ސަރަންގޭ އަދި ތިހެން ބުނެލުމަކުން އަޖައިބު ވާކަށް ނުޖެހޭ..
ފަހަރުގަ މަޖީދުބޭ އެކަން މިހާރު ދޮގުކޮށްފާނެ. އެކަމަކު ސަރަނގު އެހެންބުނެފާނެ ކަން ހައްގު ގަބޫލުކުރާ ކޮންމެ ދިވެއްސަކު ގަބޫލުކުރާނެ. އެހެންވެގެނޭ މިވެރިން އެހާބިރަކުން އެއުޅެނީ މިޤައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒުވިޔަށް ނުދޭން އޭރުން މިވެރިން އުޅެބޭނުންވާ ގޮތަށް މިޤައުމުގައި ނޫޅެވޭނެއެތީ. މިވެރިންނަކަށެއް ނޭނގޭ މީސްކިތުގައި ނޫނިއްޔާމުން ނަމާދު ނުކުރެވޭނެކަން އެހެންވެ އެތިބެނީ އުސްފަސްގަނޑުގައި މިސްކިތޭކިޔައިގެން ތަނެއްއަޅައިގެން. މިވެރިންނަށް ނޭނގޭ މާތްﷲ މިއުއްމަތްށް ވަނި އެކަނލާގެ ބިން ތަނަވަސް ކޮށްދީފަކަން ގަބުރުސްތާނުތަކާއި ކުނިގޮނޑުތަކާއި ފާހާނަކަހަލަ ހަޑިތަން ތަން ނޫން ކޮންމެ ތަނެގައި ނަމާދު ކުރެވޭނެ ލުއިފަށޭހަ ލައްވާފައި ވާކަން. އަދި މާތްﷲ ވަނީ މިދީނުގެ އަދުވުންނަށް ނަރަކަ ތައްޔާރު ކޮށްފައި. އަޅުގަނޑު އެންމެ އަޖައިބު ވަނީ މިޤައުމުގައި ވެރިކަން ކުރަން ބޭނުވާ ބަޔަކު ކީއްވެގެން ބާވޭ ދިވެހިން ރުއްސަންނޫޅެ ހުޅަގާއި އެމެރިކާ ރުއްސަން އުޅެނީ ހުޅަގާއި އެމެރިކާ ރުއްސަން އުޅެގެން މިހާރު ތިތިބީ ރާކަނި މަސް ކެވިފައި ދެންވެސް ދިވެހިން ރުއްސައިގެން ދިވެހިން ބޭނުންވާ ގޮތަށް ހެދީމަ ވެރިކަން ލިބޭނީ. ހުޅަގާއި އެމެރިކާގެ ބާރު މިހާރު އެދަނީ ދުވަހެއް ދުވަހަކުން ބަލިވެ ނިކަމެތިވަމުން.
ސަރަނގު އާދަމް މަނިކަށް ވަރަށް ރަނގަޅަށް އެނގޭނެ ޑީޖޭ ޖައްސަން. އެކަން ކުރަން އޭނަ ކައިރީ ސިޓީއަކުން ދަންނަވައިފިނަމަ އޭނަގެ އަމިއްލަގެ( އަންނި ހަދިޔާ ކޮއްދިން ގެ) ގައިވެސް ޑީޖޭ ބާޢްވަން ހުއްދަ ދިނީސް.
އެކަމަކު މަޖީދު ވިދާޅުވި އެސަރުކާރުން ދީނީކަންތައް ކުރުމަށް ތަރުޙީބު ދޭވާހަކަ. މިހާރު ތިވީގޮތެއް ނޭނގުނު.
އައްޗީޑި ސަރަނގޭ…. މީ ކާކް އެންމެނަށްވެސް މިހާރު ފަޅާއަރައިފި…………….
ޚަބަރުތައް ލިބޭގޮތުގައި ރާއްޖޭގައި އދ ގެ އިދާރާއެއްގައި ރާއްޖޭގައި ތިބި އެއްވެސް ދީނެއް ޤަބޫލުނުކުރާ ލާދީނީ މީހުންގެ ތިންހާހެއްހާ މީހުންވަނީ ރަޖިސްޓްރީކޮށްފައެވެ. ދިރިއިުޅުމާއި އިސްލާމްދީން ދުރުކުރުމުގެ ތެރެއިން އެގޮތަށް ސޫފިޒަމް އުނގަންނައިދިނުން ފަހިކުރުމަށް ޤާނޫނީ ކޯސްތަކުގެ ކުޑައިގެ ހިޔަލުގައި ޕާކިސްތާން ފަދަ ސޫފީންގެ ނުރައްކާތެރި ޖަމާޢަތްތައް ހުރި ޤައުމުތަކަށް ދިވެހިން ބައިނަލް އަޤުވާމީ އިދާރާތަކުން ދަނީ ފޮނުވަމުންނެވެ. ރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާކުރުމުގެ ނަމުގައި އުފެދިފައިވާ ލާދީނީންގެ ހައްގުތައް ހިމާޔަތް ކުރާ ކޮމެޓީންވެސް ދަނީ އިސްލާމްދީނަށް ފުރައްސާރަކުރުން ފަހިކުރަމުންނެވެ. މިފަދަ ޙާލަތު އޮތް ތަނެއްގައި ސަރަގޭ ކީއްކުރައް ފަޅޫވެރިޔާވެސް އެހެން ބުނޭފާނެވެ. ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ދީނާއި އާދަކާދައާއި ގުޅިގެން ދެވި ފައިހުންނަ އިސްތިސްނާތައް ނަގައި އޭގައިވެސް ރާއްޖެ ސޮއިކުރިކަމުގައިވެއެވެ. އޭގެފަހަތުައި ފޮރުވިފައިވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ދީނެއް ޤަބޫލުނުކުރުމުގެ ނަމުގައި ހަވާނަފްސުގެ ދީނަށް އަމަލުކުރާ ބަޔަކު ތިބި ތަނަކަށް ރާއްޖެ ހެެދުމެވެ. ސަރުކާރު އެފަދަ ވެރިންގެ ގޭންގަކަށް ވެއްޖެނަމަ ސަހަރޯއެވެ.
ވަރަަަ ދެރަ
މީގައި ސަރަނގު އާދަމް މަނިކުގެ މައްސަލައެއް ނެތެވެ. ތެދެކެވެ. ނަމާދު ކުރަން މިސްކިތެއް ހުއްޓާ ކުޅިވަރު ކުލޭތަނެއްގައި ނަމާދު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެން ނަމަވެސް އީދު ނަމާދަކީ ޙާއްސަ ނަމާދަކަށްވާތީ އެނަމާދު ތަނަވަސް ހުސްތަނެއްގައި ކުރުމަށް ދީން ބާރު އަޅާކަމެއްކަން އާދަމް މަނިކުގާތުގައި ބުނެލިނަމަ ރަގަނޅުވީސް އެވެ.