ކުރީ ސަރުކާރުގައި ޢީދު ނަމާދު ކުރުމަށް ސްޓޭޑިއަމް ދޭން އެދުމުން "ތިމަންމެން ބޮޑުބެރު ޖަހަން އިސްލާމީ މަރުކަޒަކަށް ނުދާ ކަމަށާއި ދީނީ ކަންތައްތައް ކުރެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަންނަވަން ނުހެއްދެވުމަށް" ސަރަނގު އާދަމް މަނިކު ބުނެފައިވާކަން ހާމަވެއްޖެއެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި ސަރަނގު އާދަމް މަނިކު ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމަށް ދެކޮޅު ހެދިކަމަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ބައިގެ ވެރިޔަކަށް އޭރު ހުންނެވި އަލްއުސްތާޛު ޢާޠިފް ޖަލީލު އާއި ހަވާލާދީ ޝެއިޚް ޢިޔާޟްއެވެ. މައިދާނެއްގައި ޢީދު ނަމާދު ކުރުމަށް ކުރީގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ މަޢުލޫމާތު ޝައިޚް ޢިޔާޟަށް ލިބިފައިވޭތޯ، “ރާއްޖެއިސްލާމް.ކޮމް” ގެ ސުވާލާއި ޖަވާބު ސެކްޝަންގައި ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޝައިޚް ވިދާޅުވީ ޢީދު ނަމާދު މައިދާނެއްގައި ކުރުމަށްޓަކައި މާފަންނު ސްޓޭޑިއަމް ހޯދުމަށް، މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި ސަރަނގު އާދަމް މަނިކަށް ޑރ. މަޖީދު ސިޓީ އަކުން ދެންނެވި ކަމަށް ޢާޠިފް މަޢޫލޫމާތު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، އާދަމް މަނިކު ޖަވާބުގައި ވިދާޅުވެފައިވަނީ "ތިމަންމެން ބޮޑުބެރު ޖަހަން އިސްލާމީ މަރުކަޒަކަށް ނުދަމެވެ. ވީމާ، ތިބޭފުޅުންވެސް ދީނީ ކަންތައްތައް ކުރެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަންނަވަން ނުހައްދަވާށެވެ." މިހެން ކަމުގައި ޢާތިފާ ޙަވާލާދީ ޝައިޚް ޢިޔާޟް ވަނީ ވިދާޅުވެފައެވެ.
މީގެ ދެ އަހަރެއް ކުރިން ޢީދު ނަމާދު މައިދާނެއްގައި ކުރުމަށް އޭރުގެ އިސްލާމިކް މިނިސްޓަރު މަސައްކަތް ކުރައްވާފައިވާއިރު މިސަރުކާރުން ޢީދު ނަމާދު މައިދާނެއްގައި ކުރުމުން ކުރިން އެކަން ނުކުރީ ކީއްވެތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
މާޒީގެ ތެރެއިން: މާލެ މާލެއަކަށް ވަނީ ހަށި ވިއްކާ ތަންތަންވެސް ހުރުމުން – ސަރަނގު އާދަމް މަނިކު
ކޮމެންޓް (0)
ލޯޑް ކުރަމުން...