އަރަބިދުނިޔެދުނިޔެ

އިޒްރޭލުން އިންޒާރުދިންނަމަވެސް މުސްލިމުން މުސްލިމުންނަށް ހަމަލާދޭނެކަމަކަށް ޤަބޫލުނުކުރެވުނީ- މުރާދު މުވާފީ

ފަލަސްތީނުގެ ޣައްޒާއާއި އިންވެގެންވާ މިސްރުގެ ސީނާގެ ބޯޑަރުގެ ޕޯސްޓަކަށް ހަނގުރާމަވެރިން ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އިޒްރޭލުން ހަމަލާދިނުމުގެ ދުވަސްކޮޅެއް ކުރިން އިންޒާރުދިންނަމަވެސް މިބަރަކާތްތެރި ރޯދަމަހު މުސްލިމުން މުސްލިމުންނަށް ހަމަލާދޭނެކަމަށް އެއްގޮތަކަށްވެސް ޤަބޫލުނުކުރެވުނީކަމުގައި ރައީސް މުޙައްމަދު މުރްސީގެ ސީދާ އަމުރަށް ދާދި ފަހުން މަޤާމުން ވަކިކުރެވިފައިވާ މިޞްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ މުރާދު މުވާފީ ހާމަކުރައްވައިފިއެވެ.

ސީނާގެ ބޯޑަރުގެ ޕޯސްޓަކަށް ހަނގުރާމަވެރިންދިން ހަމަލާގައި ސިފައިންގެ 16 މީހަކު މަރުވެފައިވާއިރު ހަނގުރާމަވެރިން މިފަދަ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އިޒްރޭލުން ދީފައިވިނަމަވެސް އެފަދަ ހަމަލާއެއް އަތުވެދާނޭކަމަށް ސިފައިން ތައްޔާރީ ހާލަތަށް ގެނެވިފައި ނުވުމުގެ ސަބަބުން ރައީސް މުރްސީވަނީ މުރާދު މުވާފީ މަޤާމުން ވަކިކުރައްވާފައެވެ. އަދި މިހަމަލާގައި މަރުވި ސިފައިންގެ ޖަނާޒާގައި އެންމެ އެކަށީގެންވާ ވަރަށް ސަލާމަތީ ކަންކަން ބެލެހެއްޓިފައި ނުވުމުގެ ސަބަބުން މިލިޓަރީ ޕޮލިހުގެ ވެރިއަކަށް ހުންނެވި ހަމްދީ ބަދީންވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ.

މިހަމަލާއާއި ގުޅިގެން ސީނާގައި ހަރަކާތްތެރިވަމުންދިޔަ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން އަސްކަރިއްޔާއިންވަނީ ވައިގެމަގުން ހަމަލާތަކެއްދީފައެވެ. މިހަމަލާގައި އަލްޤާއިދާއަށް ނިސްބަތްވާކަމަށް ބެލެވޭ ހަނގުރާމަވެރިންގެ 20 މީހަކު މަރުވެފައިވާކަމަށް މިސްރުގެ އަމްނާބެހޭ މަސްއޫލުވެރިން ހާމަކުރައްވާފައިވެއެވެ.

ރައީސް މުރްސީ ނިސްބަތްވާ އިޚްވާނުލް މުސްލިމީންގެ ހިޒްބުން ތުހުމަތުކުރާގޮތުގައި ސިނާއަށް ދެވުނު ހަމަލާއަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ މުސާދްގެ މަކަރުވެރި ރޭވުމެއްގެ އިޒްރޭލުގެ ބަޔަކު ދަށުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ރައީސް މުރްސީއާއި ދެމުދު ފިތުނަ އުފެއްދުމަށް ދީފައިވާ ހަމަލާއެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *